ސްޓެލްކޯގެ މުވައްޒަފުންނަށް ރިސާލަތު ޕްރޮގުރާމްގެ ދަށުން ހާއްސަ ދަރުހެއް ކުރިއަށް ގެންގޮސްފިއެވެ.
މި ދަރުސް ނަންގަވައިދެއްވާފައިވަނީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ވާއިޡް އައްޝައިޚް ޢާޒިމް ޚާލިދުއެވެ. ސްޓެލްކޯގެ މުވައްޒަފުންނަށް ކުރިއަށް ގެންގިދިޔަ ރިސާލަތު ޕްރޮގުރާމްގައި އެ ކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވެލައްވާފައިވެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ރިސާލަތު ޕްރޮގުރާމަކީ، ދިވެހިންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ރޭވިގެން ހިންގޭ މުހިއްމު ޕްރޮގުރާމެއްކަން ފާހަގަކޮށްލެވެއެވެ.