އަންގާރަ, ޖުލައި 29, 2025
spot_img
- Advertisement -spot_img

ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި ތިބި ފަރާތްތައް މުޖުތަމައުއަށް އަނބުރާ ގެނައުމަށް ބާރުވެރިކުރުމަށް ޚާއްސަ ޕްރޮގްރާމެއް ފަށައިފި

ކ.ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މަރުކަޒު(އެޗްޕީއެސްއެން)ގައި ތިއްބެވި ފަރާތްތައް މުޖުތަމައުއަށް އަނބުރާ ގެނައުމަށް ބާރުވެރިކުރުމަށް ޚާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ.

މިގޮތުން ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިއްބެވި ފަރާތްތަކުގެ ތެރެއިން މުޖުތަމައުއަށް މިހާރު ގެނެވޭ ހާލަތްތަކުގައި ތިއްބެވި ފަރާތްތައް މުޖުތަމައަށް އަހުލުވެރިކުރުމުގެ މަޤްސަދުގައި މިނިވަން 60 އާއި ގުޅިގެން ކުރިއަށްގެންދާ ހަރަކާތްތައް ދައްކާލުމާއި އާއިލާގެ ފަރާތްތަކާއިއެކު ވަގުތު ހޭދަކޮށްދިނުމަށް މި ޕްރޮގްރާމުގެ ތެރެއިން މިއަދު ވަނީ ފުރުސަތު ފަހިކޮށްދީފައެވެ.

ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި ތިބި ފަރާތްތަކަށް ހިންގުނު ޕްރޮގްރާމްގެ ތެރެއިން | ފޮޓޯ: ހެލްތް މިނިސްޓްރީ

އަދި މިޕްރޮގްރާމް ފެށުމުގެ ގޮތުން ޚާއްސަ ރަސްމިއްޔާތެއްވަނީ ބާއްވާފައެވެ.

މިނިސްޓްރީ އޮފް ހެލްތު، އެޗްޑީސީ އަދި ނެޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓު ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމް އިފްތިތާޙް ކުރެއްވީ މިނިސްޓަރ އޮފް ހެލްތު މިނިސްޓަރ އަބްދުﷲ ނާޘިމް އިބްރާހިމްއެވެ.

ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި ތިބި ފަރާތްތަކަށް ހިންގުނު ޕްރޮގްރާމްގެ ތެރެއިން | ފޮޓޯ: ހެލްތް މިނިސްޓްރީ

ކ. ގުރައިދޫގައި ހުންނަ ޙާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަކީ، 6 ޖޫން 1976ގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސަރުކާރުގެ ހިޔާވަހިކަން ދިނުމަށް ގާއިމްކުރެވިފައިވާ މަރުކަޒަކެވެ.

ޙާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ނުވަތަ ”ހޯމް ފޯ ޕީޕަލް ވިތް ސްޕެޝަލް ނީޑްސް“ މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، އެކި ކަހަލަ ނަފްސާނީ ބަލިހުންނަ ފަރާތްތަކުގެ އިތުރުން އުމުރުން ދުވަސްވީ މީހުންނަށް ވެސް އެފަރާތްތަކުގެ ”ހޯމްއެއްގެ ގޮތު ގައި“ ނުވަތަ ”އަމިއްލަ ގެ“ކަމުގައި ދެކެމުން އަންނަ މަރުކަޒެކެވެ.

ގުޅުންހުރި ލިޔުންތައް