ހޯމަ, ޖުލައި 28, 2025
spot_img
- Advertisement -spot_img

އައު ޓަރމިނަލް ހުޅުވަން ބޭއްވި ހަވާ އެރުވުމުގެ ހަރަކާތް ދުނިޔޭގެ ރެކޯޑަކަށް

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އައު ޕެސެންޖަރ ޓަރމިނަލް ހުޅުވުން ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި ހަވާ އެރުވުމުގެ ހަރަކާތް ދުނިޔޭގެ ރެކޯޑަކަށް ވެއްޖެއެވެ.

މިގޮތުން ގިނިސް ވޯލްޑް ރެކޯޑުގެ ފަރާތުން ވަނީ މިކަމުގެ ލިޔުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ މިއަދު ހަވާލުކޮށްދެއްވައިފައެވެ. މި ރެކޯޑު އެމްއޭސީއެލް އާ ހަވާލުކޮށްދެއްވީ އެޑްޖޫޑިކޭޓަރ ފޮރ ގިނިސް ވޯލްޑް ރެކޮޑްސް، އެމްބާލީ އިންކޯސީއެވެ.

ދުނިޔޭގެ ރެކޯޑ އެމްއޭސީއެލް އާއި ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން | ފޮޓޯ: އެމްއޭސީއެލް

އެމްއޭސީއެލް އަށް މި ރެކޯޑު ލިބިފައިވަނީ އެންމެ ގިނަ ސަރަހައްދުގައި އެއްފަހަރާ ސިންކްރޮނައިޒްޑް ހަވާ އަރުވައިގެންނެވެ.

ދުނިޔޭގެ ރެކޯޑ އެމްއޭސީއެލް އާއި ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން | ފޮޓޯ: އެމްއޭސީއެލް

އައު ޓަރމިނަލް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތެއްގައި ހުޅުލެއާއި ހުޅުމާލެ ހިމެނޭހެން މާލެ ވަށައިގެން 19 ސަރަހައްދެއްގައި ހަވާ އަރުވާފައިވެއެވެ.

ގުޅުންހުރި ލިޔުންތައް