އަންގާރަ, ސެޕްޓެމްބަރ 23, 2025
spot_img
- Advertisement -spot_img

ނ.މާފަރު ޞިއްޙީމަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރުމަށް ފެނަކަ އާއި ހަވާލުކޮށްފި

ނ.މާފަރު ޞިއްޙީމަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތުގައި ފެނަކަ ކޯޕަރޭޝަނާއެކު ހެލްތު މިނިސްޓްރީން އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ހެލްތު މިނިސްޓްރީގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އިސްމާޢިލް ޢަބްދުﷲ،އެވެ. އަދި މިއެއްބަސްވުމުގައި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު އާރިފްއެވެ.

ނ.މާފަރު ޞިއްޙީމަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރުމަށް ފެނަކަ އާއި ހަވާލުކުރުން | ފޮޓޯ: ހެލްތް މިނިސްޓްރީ

450 ދުވަހުގެ ތެރޭގައި ނިންމުމަށް ޙަވާލުކުރި މިމަޝްރޫޢުގެ އަގަކީ 10،900،000.93ރ ރުފިޔާއެވެ.

މި ޕްރޮޖެޓްގެ ދަށުން މާފަރު ޞިއްޙީމަރުކަޒު ގައި 04 އެނދުގެ ވާޑެއް އިތުރުކުރެވި، ޕްރައިވެޓް ރޫމަކާއި، ނާސް ސްޓޭޝަން، މީޓިންގ ހޯލް، ޕަބްލިކް ހެލްތު ޔުނިޓްގެ އިތުރުން ޕޯޓިކޯ ޤާއިމްކުރެވިގެންދާނެއެވެ.

ގުޅުންހުރި ލިޔުންތައް