އަންގާރަ, ސެޕްޓެމްބަރ 23, 2025
spot_img
- Advertisement -spot_img

”ބެލެނިވެރިންގެ ހޮޅުއަށި“ ޕްރޮގްރާމް ކާމިޔާބު ކަމާއެކު ނިންމާލައިފި

ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ ފަރާތުން “ ބެލެނިވެރިންގެ ހޮޅުއަށި“ގެ ނަމުގައި ހާއްސަ ސެޝަނެއް ބާއްވައިފިއެވެ.

ޖުމްލަ 39 ބަލެނިވެރިން ބައިވެރިވެފައިވާއިރު މި ސެޝަންގައި ”ޑިޖިޓަލް ޕޭރެންޓިން“ ބެލެނިވެރިންނަށް ވަނީ މައުލޫމާތު ދީފައެވެ.

”ބެލެނިވެރިންގެ ހޮޅުއަށި“ ޕްރޮގްރާމްގެ ތެރެއިން | ފޮޓޯ: ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާ

މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ ހަވީރު 16:00އިން 18:00 އަށް ވިލިމާލެ މުހިއްޔުއްދީން ސްކޫލުގައެވެ.

”ބެލެނިވެރިންގެ ހޮޅުއަށި“އަކީ ބެލެނިވެރިންނަށް މުހިންމު ތަފާތު މައުޟޫއުތަކާ ބެހޭގޮތުން މަޝްވަރާކުރުމުގެ މަގްސަދުގައި ބާއްވާ ސެޝަންތަކެކެވެ.

ގުޅުންހުރި ލިޔުންތައް