ގދ. ނަޑެއްލާގައި އައު ބަނދަރެއް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބުނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. އަދި ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޒަމީރެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބުނާރާ ބެހޭ ވުޒާރާގައި ބޭއްވުނު ސޮއިކުރުމުގެ ރަސްމިއްޔާތުގައި މަޑަވެލި ދާއިރާގެ މެންބަރު މުޙައްމަދު ޝަމީޒް އާއި ވުޒާރާގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި މަޝްރޫޢަކީ ނަޑެއްލާގެ ރައްޔިތުން ގިނަ ދުވަސްތަކެއް ވަންދެން އިންތިޒާރުކުރަމުން އައި މަޝްރޫޢެއް ކަމަށްވާއިރު، މި ބަނދަރު ތަރައްޤީކުރުމުން އެ ރަށުގެ މަސްވެރިކަމާއި ވިޔަފާރިއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
އައު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ބަނދަރު ފުޅާކޮށް، ބަނދަރުގެ ވަށައިގެން ރިވެޓްމަންޓް ޖަހައި، އައު ބޭރުތޮށި ލުމުގެ މަސައްކަތްތައް ހިމެނެއެވެ. މީގެ އިތުރުން ބަނދަރު ސަރަހައްދު ތަރައްޤީކޮށް، ބަނދަރު ބޭނުންކުރާ ފަރާތްތަކަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ޤާއިމުކުރެވިގެންދާނެއެވެ.