ހޮނިހިރު, އޮކްޓޯބަރ 11, 2025
spot_img
- Advertisement -spot_img

ރ.މާމުނަގާ ރިސޯޓްގެ ސީޕްލޭން ޕްލެޓްފޯމް ކަނޑައިގެންގޮސް އޮޔާދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

ރ.މާމުނަގާ ރިސޯޓްގެ ފަޅުތެރޭގައި އަޅާފައި އޮތް ސީޕްލޭން ޕްލެޓްފޯމް ކަނޑައިގެންގޮސް އޮޔާދާތީ ދަތުރުވެރިން ސަމާލުވުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން އިލްތިމާސްކުރަމެވެ.

މި ޕްލެޓްފޯމް އޮޔާދާނެކަމަށް ލަފާކުރެވެނީ ކާށިދޫ ކަނޑުތެރެއަށްކަމަށް އެއިދާރާއިން ވަނީ ބުނެފައެވެ. އެހެންކަމުން މި ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަންދެއްވުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ޚާއްޞަކޮށް ރޭގަނޑު ދަތުރުކުރައްވާ ފަރާތްތަކުން ދަތުރުކުރެއްވުމުގައި ޚާއްޞަ ސަމާލުކަމެއް ދެއްވުމަށްވެސް ވަނީ އެދިފައެވެ.

ގުޅުންހުރި ލިޔުންތައް