ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ހިންގާ ”ޒުވާނުންގެ ހޮޅުއަށި“ ޕްރޮގްރާމް ރޭ ކުރިއަށް ގެންގޮސްފިއެވެ.
މި ޕްރޮގްރާމު ކުރިއަށް ގެންގޮސްފައިވަނީ ރޭ 20:30 އިން 22:00އަށް ސޯޝަލް ސެންޓަރުގައެވެ.

ރޭ ކުރިއަށްގެންދިޔަ ޕްރޮގްރާމުގައި ވަނީ ”ޔޫތު ޕްލިޓިކަލް ޕާޓިސިޕޭޝަން“ މި މައުލޫއަށް މަޝްވަރާކޮށްފައެވެ.
”ޒުވާނުންގެ ހޮޅުއަށި“ އަކީ ޒުވާނުންނަށް މުހިންމު މައްސަލަތަކާ ގުޅޭގޮތުން ހިޔާލާއި ތަޖުރިބާ ހިއްސާކުރުމަށް ބާއްވާ ޕްރޮގުރާމެކެވެ.

މިއަހަރުގެ ތެރޭގައި ވެސް މި މިނިސްޓްރީން ވަނީ ”ޒުވާނުންގެ ހޮޅުއަށި“ގެ ގިނަ ޕްރްގްރާމްތައް ކުރިއަށް ގެންގޮސްފައެވެ.