އާދިއްތަ, ޖުލައި 27, 2025
spot_img
- Advertisement -spot_img

ވައިގެ މަގުން ގަހާއި ޖަނަވާރު އެތެރެކުރުމުގެ ޚިދުމަތް ހަރުދަނާ ކުރަން އެއްބަސްވެއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތުގެ ދަށުން އެއާޕޯޓުގައި ހިދުމަތް ދޭ ސަރުކާރުގެ އެހެން އިދާރާތަކާ ގުޅިގެން ކަންކަން ހަރުދަނާކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކުރަން ފަށައިފިއެވެ.

އެގޮތުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ބުނީ މިފަދައިން ރަސްމީ އެހެން އިދާރާތަކުން އެއާޕޯޓުގައި ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ސާވިސް އެގްރިމެންޓުތައް އެކުލަވާލުމުގެ ފުރަތަމަ އެއްބަސްވުން ހެދީ، އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީއާއެކު ކަމަށެވެ.

ވައިގެ މަގުން ގަހާއި ޖަނަވާރު އެތެރެކުރުމުގެ ޚިދުމަތް ހަރުދަނާ ކުރަން އެއްބަސްވުމުގައި ސޮއިކުރުން: ފޮޓޯ: އެމްއޭސީއެލް

އެ ކުންފުނިން ބުނި ގޮތުގައި މިއީ އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްތަކާ އެއްގޮތަށް އެ ކުންފުނީގެ ހިދުމަތްތައް ބައްޓަންކޮށް އޮޕަރޭޝަނަލް އެފިޝިއަންސީ ހަރުދަނާ ކުރުމުގެ މަސައްކަތުގައި ހިމެނޭ ކަމެކެވެ.

ހާއްސަކޮށް ވީއައިއޭގެ އާ ޓާމިނަލްއާ އެކު އެމްއޭސީއެލްގެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް