- Advertisement -spot_img

ލިޔުންތެރިންގެ ދުވަހާ ގުޅިގެން ފޮތް މައުރަޒެއް ބާއްވަން ނިންމައިފި

މި އަހަރުގެ ލިޔުންތެރިންގެ ދުވަހާ ގުޅުވައިގެން ދިވެހިބަހުގެ އެކެޑަމީން ފޮތް މައުރަޒެއް ބާއްވަން ނިންމައިފި އެވެ.

މި މައުރަޒު ބާއްވަން ހަމަޖެހިފައިވަނީ 9 ޖުލައި 2025ން 10 ޖުލައި 2025ގެ ނިޔަލަށެވެ.

ފޮތް މައުރަޒު އޮންނާނީ ދިވެހިބަހުގެ އެކެޑަމީ ގައެވެ.

ދިވެހިބަހުގެ އެކެޑަމީން މައުލޫމާތު ދިންގޮތުގައި ކުރިއަށް އޮތް ތަނުގައި ދިވެހި ލިޔުންތެރިންގެ ފޮތްތައް އާންމުކުރުމަށާއި ވިއްކުމަށް މި އެކެޑަމީގެ ބޭރު ފެންޑާ، އިތުރު އަގަކާ ނުލައި، ދޫކުރާން ވަނި ނިންމާފައެވެ.

ވީމާ ކަމަށް ޝައުގުވެރިވާ  ފަރާތްތަކުން 14 ޖުލައި 2025ގެ 14:00ގެ ކުރިން ލިޔުމުންއެކެޑަމީ އަށް އެންގުމަށް ވަނީ އެދިފައެވެ.

މި ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ އެކަމަށް އެދި ހުށަހަޅާ ފަރާތްތަކަށްކ ކަނޑައެޅޭ އުސޫލެއްގެ ތެރެއިން، ދެ ފަރާތުން މަޝްވަރާކުރުމަށް ފަހުގައި ކަން ވެސް އެކެޑަމީން މައުލޫމާތުދެއެވެ.

ދިވެހި ލިޔުންތެރިންގެ ދުވަހަކީ ޖުލައިމަހުގެ 8ވަނަ ދުވަހެވެ.

ގުޅުންހުރި ލިޔުންތައް