- Advertisement -spot_img

އިސްލާމިކް މިނިސްޓްރީގެ ފަރާތުން މާލެ އަދި ހުޅުމާލޭގެ އިސްރަށްވެހިންގެ ނާދީގައި ހާއްސަ ދަރުހެއް ކުރިއަށް ގެންގޮސްފި

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގެ ފަރާތުން މާލެ އަދި ހުޅުމާލޭގައި ޤާއިމްކޮށްފައިވާ އިސްރަށްވެހިންގެ ނާދީގައި ހާއްސަ ދަރުހެއް ކުރިއަށް ގެންގޮސްފިއެވެ.

އެގޮތުން “އިސްލާމްދީނުގައި ރުޅިމަޑުކުރުން” މި މަޢުޟޫއަށް މިއަދު ހުޅުމާލެ އިސްރަށްވެހިންގެ ނާދީގައި ދަރުސް ދެއްވީ އައްޝައިޚް މައުމޫން އަބްދުލް އަޒީޒް އަހްމަދުއެވެ. އަދި މި މަޢުޟޫއަށް މާލޭގެ އިސްރަށްވެހިންގެ ނާދީގައި ދަރުސް ދެއްވީ އައްޝައިޚް ޢަޠީފް އަބޫބަކުރުއެވެ.

މާލެ އިސްރަށްވެހިންގެ ނާދީގައި ކުރިއަށްދިޔަ ދަރުސްގެ ތެރެއިން | ފޮޓޯ: އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާ

މިއީ އިސްރަށްވެހިންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުކުރުމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއާއި ގުޅިގެން ކުރިއަށް ގެންދެވޭ ސިލްސިލާ ޕްރޮގްރާމެކެވެ. މީގެ ކުރިންވެސް މި ސިލްސިލާގެ ދަރުސްތައް ކުރިއަށް ގެންގޮސްފައިވާއިރު އިސްރަށްވެހިންގެ ބޮޑު ތަރުހީބެއް ދަރުސްތަކަށް ލިބިގެންދާކަން ފާހަގަކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް