އަންގާރަ, ސެޕްޓެމްބަރ 23, 2025
spot_img
- Advertisement -spot_img

ޢުމްރާނީ ތަރައްޤީއާ ގުޅުންހުރި މަސައްކަތްތަކުގައި ހަރަކާތްތެރިވާ މުވައްޒަފުނަށް ހިންގި ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމް ނިންމާލައިފި

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބަހޭ ވުޒާރާއަށް ޚާއްސަކޮށް ހިންގި ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމްގެ ފަހު ސެޝަން މިއަދު ނިމި، ކުރު ރަސްމިއްޔާތަކާއެކު އެ ޕްރޮގްރާމް ނިންމާލައިފިއެވެ.

މި ސެޝަންތައް އިންތިޒާމުކޮށްފައިވަނީ ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް (CSTI) އާއި ސިވިލް ސަރވިސް ކޮމިޝަން (CSC) ގުޅިގެންނެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބަހޭ ވުޒާރާގެ ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމުގެ ތެރެއިން

މި ޕްރޮގްރާމް މެދުވެރިކޮށް ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ކުރިއެރުންތަކެއް ލިބި، ސަރުކާރުގެ ޚިދުމަތްތައް ހަރުދަނާކުރުމަށް އިތުރަށް އެހީތެރިވެދެވޭނެ ކަމަށް ބެލެވެއެވެ.

މި ޕްރޮގްރާމް ރޭވިފައިވަނީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ މުވައްޒަފުންނަށް ޚާއްސަކޮށެވެ. ޚާއްސަކޮށް، ޢުމްރާނީ ތަރައްޤީއާ ގުޅުންހުރި މަސައްކަތްތަކުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ ހުނަރާއި ފަންނީ ޤާބިލުކަން އިތުރުކުރުމަށް މި ޕްރޮގްރާމް ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ބެލެވެއެވެ.

ގުޅުންހުރި ލިޔުންތައް