އާދިއްތަ, ޖުލައި 27, 2025
spot_img
- Advertisement -spot_img

މި އަހަރު ނިމެންވާއިރަށް މުޅި މަސްވެރިކަމުގެ ވެލިއު ޗެއިން ފުރިހަމައަށް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ކުރާނެ: ވަޒީރު ޝިޔާމް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މަސްވެރިކަމުގެ ތަސައްވުރާ އެއްގޮތަށް، މި އަހަރު ނިމެންވާއިރަށް މުޅި މަސްވެރިކަމުގެ ވެލިއު ޗެއިން ފުރިހަމައަށް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޔުނައިޓެޑް ނޭޝަންސް އޯޝަންސް ކޮންފަރެންސްގެ 3 ވަނަ ބައްދަލުވުމުގެ ހަވާސާގައި އެންވަޔަރަމަންޓަލް ޖަސްޓިސް ފައުންޑޭޝަން (އީޖޭއެފް) އިން ކުރިއަށްގެންދިޔަ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ މަސްވެރިކަން ޑިޖިޓަލައިޒްކޮށް ބަދަލުކުރުމަށް ރާއްޖެއިން ގިނަ ފިޔަވަޅުތަކެއް އަޅަމުންގެންދާ ކަމަށެވެ. އެގޮތުން އުޅަނދުފަހަރުގެ މިލްކުވެރިކަމުގެ މައުލޫމާތު ފުރިހަމައަށް ބެލެހެއްޓޭނެ ގޮތާއި، ހާމަކަން ބޮޑުގޮތެއްގައި އުޅަނދުގެ ވެރިފަރާތުގެ މައުލޫމާތު އާންމުންނަށް ލިބޭނެ ގޮތް ކަށަވަރުވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.

ވަޒީރު ވިދާޅުވީ އިތުބާރު ކުރެވޭ، އަދި ރަނގަޅަށް ބެލެހެއްޓޭ ޑޭޓާއަކީ އަޅުގަނޑުމެން އަތުގައި ހުރި އެންމެ ވަރުގަދަ ވަސީލަތް،ކަމަށާ އެއީ ގާނޫނުތައް ތަންފީޒުކުރުމަށާއި ހުރިހާ ސްޓޭކްހޯލްޑަރުންގެ މެދުގައި އިތުބާރު އުފެއްދުމަށް ވެސް އޮތް ވަސީލަތެއް ކަމަށެވެ.

މީގެއިތުރުން ބައިނަލްއަގްވާމީ އޮނިގަނޑުތައް ކާމިޔާބު ކުރެވޭނީ ބާރުގަދަ ގައުމުތަކުގެ ތާއީދު ލިބިގެން ކަމަށާ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ކުރާ މަސްވެރިކަމާ ދެކޮޅަށް ކުރާ މަސައްކަތުގައި ރާއްޖެއިން ނަމޫނާ ދައްކާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.

މީގެ އިތުރަށް ވަޒީރު ވިދާޅުވީ ރައީސް، ޑރ.މުހައްމަދު މުއިއްޒުގެ މަސްވެރިކަމުގެ ތަސައްވުރާ އެއްގޮތަށް، މި އަހަރު ނިމޭއިރު މުޅި މަސްވެރިކަމުގެ ވެލިއު ޗެއިން ފުރިހަމައަށް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް