އަންގާރަ, ސެޕްޓެމްބަރ 23, 2025
spot_img
- Advertisement -spot_img

ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް އޮސްޓްރޭލިއާގެ ހައިކޮމިޝެއް ހުޅުވައިފި

ދިވެހިރާއްޖޭގައި ގާއިމުކޮށްފައިވާ އޮސްޓްރޭލިއާގެ ހައި ކޮމިޝަން ރަސްމީކޮށް އިއްޔެ ހުޅުވައިފިއެވެ.

ދިވެހިރާއްޖޭގައި ޤާއިމް ކޮށްފައިވާ އޮސްޓްރޭލިއާގެ ހައި ކޮމިޝަން ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތު، ޝަރަފުވެރިކޮށްދެއްވީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާއިބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ އެވެ.

އިއްޔެ ހޮޓެލް ޖެންގައި ބޭއްވި މި ރަސްމިއްޔާތު ގައި ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވީ، މި ރަސްމިއްޔާތަކީ ދެ ގައުމުގެ ދެމެދުގައި އޮތް 50 އަހަރުގެ ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ މުހިންމު މަރުހަލާއެއް ކަމުގައެވެ.

ދިވެހިރާއްޖެއާއި އޮސްޓްރޭލިއާ އާއި ދެމެދުގައި އުފެދިފައި ވަނީ ތާރީޚީ އަދި އިތުބާރާހުރި ގުޅުމެއްކަމަށް ފާހަގަ ކުރައްވަމުން ވަޒީރު ވިދާޅުވީ އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ދެމުން އަންނަ އެހީތެރިކަމުގެ ތެރޭގައި މަތީ ތައުލީމު، ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން އަދި ސިއްހީ ދާއިރާ ހިމެނޭކަން ފާހަގަކުރެއްވިއެވެ. ޚާއްސަކޮށް އޮސްޓްރޭލިއަން އެވޯޑްސް ޕްރޮގްރާމްގެ ދަށުން ގިނަ ދިވެހިންނަށް ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ލިބިފައިވާކަން ވެސް ފާހަގަކުރެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ މި ރަސްމިއްޔާތަކީ ހަމައެކަނި އިމާރާތެއް ހުޅުވުމެއް ނޫންކަމަށާއި، މިއީ ދިވެހިރާއްޖެއާ ދޭތެރޭ އޮސްޓްރޭލިއާއިން ދެއްކި އިތުބާރާއި ވަރުގަދަ ގުޅުމުގެ ނިޝާނެއްކަމަށެވެ. އަދި މިކަމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަވެ، ކުރިއަށް އޮތް ތަނުގައި އިތުރު ތަރައްގީ ގެނެސްދޭނެކަމުގެ އުންމީދު ފާޅުކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި އޮސްޓްރޭލިއާގެ ޑެޕިއުޓީ ބޮޑުވަޒީރު އަދި ދިފާއީ ވަޒީރު ރިޗަރޑް މާލްސް އާއި އޮސްޓްރޭލިއާގެ ހައި ކޮމިޝަނަރ ޑޭވިޑް ޖެސަޕް އަދި ދިވެހި ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ގުޅުންހުރި ލިޔުންތައް