ހޯމަ, ޖޫން 16, 2025
spot_img
- Advertisement -spot_img

މ. އަތޮޅުގެ ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމް ހިދުމަތް ފަށައިފި

މ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ގާއިމްކޮށް ރަސްމީކޮށް ހިދުމަތް ފަށައިފިއެވެ.

އިއްޔެ އާއި މިއަދު އޭޓީއެމްގެ ޚިދުމަތް ފަށާފައިވަނީ އެ އަތޮޅުގެ 7 ރަށެއްގައެވެ. އެ އަތޮޅުގެ ވެރިކަންކުރާ މުލީގައި ބީއެމްއެލްގެ ގޮތްޕަކާއެކު އޭޓީއެމްގެ ޚިދުމަތް ދެމުންގެންދާތާ އަހަރުތަކެއް ވަނީ ވެފައެވެ.

މ. އަތޮޅުގައި މީހުން ދިރިއުޅޭ 8 ރަށުގެ ތެރެއިން 7 ރަށުގައި އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރެވެ.

މިއަދު އޭޓީއެމް ގެ ޚިދުމަތް ފަށާފައިވަނީ މ. މުލަކާއި ނާލާފުށީގައެވެ.

ވަޒީރު އާދަމް ޝަރީފާއެކު ރަށްތަކަށް ކުރި ޒިޔާރަތްތަކުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފްއާއި ބީއެމްއެލްގެ އިސްވެރިންގެ އިތުރުން ރަށްރަށުގެ ކައުންސިލްގެ މެމްބަރުން ބައިވެރިވެޑައިގަތެވެ.

ރައީސުލްޖުމްހޫރިއްޔާރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ފުޅާކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދެކެވެ.

ގުޅުންހުރި ލިޔުންތައް