ހޯމަ, ޖޫން 16, 2025
spot_img
- Advertisement -spot_img

ނިއުކާސަލް ބަލިކޮށް، އާސެނަލުން ޗެންޕިއަންސް ލީގުގެ ޖާގައެއް އަނެއްކާވެސް ކަށަވަރުކޮށްފި

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ކުޅުނު މެޗުގައި ނިއުކާސަލް ޔުނައިޓެޑް 1-0 އިން ބަލިކޮށް، އާސެނަލުން އަންނަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، މެޗުގެ 55 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑާ ޑެކްލަން ރައިސް އެވެ.

މި މެޗުގައި ނިއުކާސަލްގެ ކުޅުންތެރިން ފޮނުވާލި ނުރައްކާތެރި ގިނަ ބޯޅަތަކެއް އާސެނަލްގެ ގޯލްކީޕަރު، ޑޭވިޑް ރާޔާ ވަނީ ހުއްޓުވައިފައެވެ.

މި މެޗުގައި އާސެނަލްގެ ގޯލްކީޕަރު، ޑޭވިޑް ރާޔާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

މިއީ ލީގުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން އާސެނަލް މޮޅުވި ފުރަތަމަ ފަހަރެވެ. މިއާއެކު، އާސެނަލް ވަނީ ލީގުގެ ދެވަނަ މަގާމު ކަށަވަރުކޮށްފައެވެ. މިއީ، އާސެނަލުން ލީގުގެ ދެވަނަ މަގާމު ޖެހިޖެހިގެން ހާސިލްކުރި ތިންވަނަ ފަހަރެވެ. އަދި މިއި އާސެނަލް ޗެންޕިއަންސް ލީގަށް ކޮލިފައިވި 21 ވަނަ ފަހަރެވެ.

މި ނަތީޖާއާއެކު، އާސެނަލް ދެވަނައިގައި އޮތީ 37 މެޗުން 71 ޕޮއިންޓް ހޯދައިގެންނެވެ. ފަސް ޕޮއިންޓް ފަހަތުން ތިންވަނައިގައި ނިއުކާސަލް އޮތްއިރު، ހަމަ މިއަދަދަށް ޕޮއިންޓް ލިބިގެން ހަތަރުވަނައިގައި އޮތީ ޗެލްސީ އެވެ. ފަސްވަނައިގައި އޮތް އެސްޓަން ވިލާ އަށް ވެސް ހަމަ 66 ޕޮއިންޓް ލިބިފައިވާއިރު، ނިއުކާސަލް އަށް ކުރިލިބެނީ ފައިދާގޯލްގެ ތަފާތުންނެވެ.

ގުޅުންހުރި ލިޔުންތައް