އަންގާރަ, ޖޫން 17, 2025
spot_img
- Advertisement -spot_img

އދ. ގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ކަންކަމާ ގުޅޭ ކޮމިޝަނުގެ އިކޮނޮމިކް އެފެއާޒް އޮފިސަރ، ވަޒީރު އާދަމް ޝަރީފު އާއި ބައްދަލުކުރައްވައިފި

އދ. ގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ކަންކަމާ ގުޅޭ ކޮމިޝަނުގެ އިކޮނޮމިކް އެފެއާޒް އޮފިސަރ އަނުޝުމަން ވަރމާއާ މިނިސްޓަރ އޮފް ސިޓީސް، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ބައްދަލުކުރައްވައިފިއެވެ.

އިއްޔެ މިނިސްޓްރީގައި އޮތް މި ބައްދަލުވުމުގައި، ދިވެހިރާއްޖޭގައި ”ބުލޫ ކާބަން އިކޮނޮމީ“ ކުރިއެރުވުމުގައި މި މިނިސްޓްރީ، އދ. އާއެކީ މަސައްކަތްކުރުމާއި މެދު މަޝްވަރާކުރެވުނެވެ.

އަދި، ދެމެހެއްޓެނިވި ގޮތެއްގައި މޫސުމަށް އަންނަ ބަދަލުތަކަށް ކަނޑާއި ގުޅުވައިގެން ޙައްލުތައް ހޯދުމާއި، ރާއްޖޭގެ އިޤްތިޞާދު އިތުރަށް ފުޅާކުރުމަށް ޓަކައި ބުލޫ ކާބަންގެ މުހިންމުކަމާ މެދު މި ބައްދަލުވުމުގައި ވާހަކަދެކެވުނެވެ.

މި ބައްދަލުވުމުގައި އަނުޝުމަން ވަރމާގެ ވަފުދުގެ ބޭފުޅުންގެ އިތުރަށް މި މިނިސްޓްރީގެ ޕްލޭނިންގ ޑިޕާޓްމެންޓްގެ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ގުޅުންހުރި ލިޔުންތައް