- Advertisement -spot_img

ސަރުކާރުގެ އަމާޒަކީ އިސްލާމިކް ފައިނޭންސްގެ ދަށުން ރާއްޖެ ފައިނޭންޝަލް ސެންޓަރަކަށް ހެދުން: ރައީސް

އަމާޒަކީ އިސްލާމިކް ފައިނޭންސްގެ ދަށުން ރާއްޖެ ފައިނޭންޝަލް ސެންޓަރަކަށް ހެދުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭންސް އިނީޝިއޭޓިވް ފެށުމުގެ ރަސްމިއްޔާތުގައި މިއަދު ހެނދުނު ވާހަކަފުޅުދައްކަވަމުންނެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭންސް އިނިޝިއެޓިން ތައާރަފްކުރުމަކީ ލިބިވަޑައިގަންނަވާ ފަހުރެއް ކަމަށެވެ. މިއީ ރާއްޖޭގެ ނެޝަނަލް ޑިޕެލޮމްމެންޓް އެޖެންޑާގެ ދަށުން ކުރެވުންދާ މުހިންމު މަސައްކަތެއް ކަމަށާއި މި ގައުމުގެ ތަރައްގީއަށް އެޅިގެންދާ މުހިންމު ފިޔަވަޅެއް ކަމަށް ވިދާޅުވިއެވެ.

”ރާއްޖޭގެ ރައްޔިތުންގެ އެއްބައިވަންތަކަން ގުޅިފައިވަނީ އިންސާފާއި އެކަކު އަނެކަކަށް އޮންނަ ގަދަރުގެ މައްޗަށް. އެއީ އިސްލާމިކް ފައިނޭންސްގެ މުހިންމު ތަނބުތައް ވެސްވެމެ. ރީތި އަހުލާގުގެ މައްޗަށް އެ އިންސްޓިޓިއު އެނަލައިސް ކުރަނީ އިސްލާމީ މުހިންމު ކަންތައްތައް ކަމަށްވާ ސޮދަގާތާއި، ވަގުފް އަދި އިސްލާމިކް ކްރައުޑް ފަންޑިން. އޭރުން އިސްލާމިކް ފްރޭމްވޯކްގެ ދަށުން އެފަދަ ކަންކަން ކުރުމަށް ހުންނަ ބުރަތައް ނައްތާލެވޭނެ.“ ރައީސް ވިދާޅުވިއެވެ.

އެ ފައިނޭންސް އިނީޝިއޭޓިވްގެ ދަށުން ފައިނޭންޝަލް ސެކްޓާ އާއި ސިވިލް އޯގައިޒޭޝަންތަކާއި މެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކްގެ ޒަރިއްޔާއިން ސަރުކާރުގެ މާސްޓާ ޕްލޭން ކަމަށްވާ އިސްލާމިމް އިކޮނަމިކްސް އަދި ފައިނޭންސް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ. ރައީސް އިތުރަށް ވިދާޅުވީ އެ މާސްޓާ ޕްލޭންގެ ދަށުން އިސްލާމިކް ފައިނޭންސް އަދި ޑިޖިޓަލް އިނޮވޭޝަން ރާއްޖޭގައި ގާއިމްކުރެވިގެންދާނެ ކަމަށެވެ.

އެ އަމާޒަށް ވާސިލްވުމަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް