އަންގާރަ, ޖޫން 17, 2025
spot_img
- Advertisement -spot_img

އިޤްތިޞާދު ދެމެހެއްޓޭނީ މަސައްކަތްތެރިންގެ ބުރަ މަސައްކަތުން: ވަޒީރު ޑރ. މާރިޔާ

އިޤްތިޞާދު ދެމެހެއްޓޭނީ މަސައްކަތްތެރިންގެ ބުރަ މަސައްކަތުންކަމުގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

ވަޒީރު ޑރ. މާރިޔާ މިހެން ވިދާޅުވީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި މެސެޖެއްގައެވެ.

ދިވެހި މަސައްކަތްތެރިންނަށް އިޝާރާތް ކުރައްވާ ޑރ. މާރިޔާ ވިދާޅުވީ އަހަރެމެން ފަޚްރުވެރިވާ ފަދަ ޤައުމެއް ބިނާކުރެވޭނީ މަސައްކަތްތެރިންގެ ހިވާގިކަމާއި ވަފާތެރިކަމާއި އެކު ކުރައްވާ ބުރަ މަސައްކަތުން ކަމަށެވެ.

އަދި އަހަރެމެންގެ އިޤްތިޞާދު ނަގާ ކޮޅަށް ޖަހައި ދެމެހެއްޓޭނީ މަސައްކަތްތެރިންގެ ބުރަ މަސައްކަތުންކަމުގައި އެކަމަނާ ވަނީ ވިދާޅުވެފައެވެ.

”ދަނޑުވެރިކަމާއި، ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ޞިއްޙީ ދާއިރާގައި، ތަޢުލީމީ ދާއިރާގައި ނުވަތަ އެހެނިހެން ކޮންމެ ދާއިރާއެއްގައި މަސައްކަތްކުރައްވާ ބޭފުޅުންނަށް މިއަދަކީ ޚާއްޞަ ދުވަހެއް“ ވަޒީރު މާރިޔާ ވިދާޅުވިއެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވީ މިއަދަކީ މަސައްކަތްތެރިންނަށް ޚާއްސަ ދުވަހެއްކަމުން މިއަދު ހުރިހާ މަސައްކަތްތެރިންވެސް އަރާމްކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ހަމައެހެންމެ އެއީ ކޮންމެހެން މިއަދު އެބޭފުޅުންނަށް ލިބިގެންވާ ޙައްޤެއްކަމަށްވެސް މިނިސްޓަރު މާރިޔާ ވަނީ ވިދާޅުވެފައެވެ.

ކޮންމެ އަހަރެއްގައިވެސް މެއި މަހުގެ 1 ވަނަ ދުވަހަކީ މަސައްކަތްތެރިންގެ ދުވަހުގެ ގޮތުގައި ކަނޑައަޅުއްވައި، އެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ވަނީ ހަމަޖައްސާފައެވެ.

ގުޅުންހުރި ލިޔުންތައް