އަންގާރަ, ޖޫން 17, 2025
spot_img
- Advertisement -spot_img

ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަންގެ އަހަރީ ބައްދަލުވުމާއި، ސަމިޓުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެ

ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ މީނާސް ޝައުގީ އާއި ޓޫރިޒަމް ރިސަރޗް އެންޑް ސްޓެޓިސްޓިކްސްގެ ޑިރެކްޓަރ މަރްޔަމް ޝަރްމީލާ ވަނީ ތުރުކީވިލާތުގެ އިސްތަންބުލްގައި ބޭއްވުނު ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަން (ޕާޓާ) ގެ އަހަރީ އާންމު ޖަލްސާ އާއި އަހަރީ ސަމިޓުގައި ބައިވެރިވެވަޑައިގެންފައެވެ.

މި ބައްދަލުވުންތައް ބޭއްވުނީ 21 އިން 23 އޭޕްރިލް 2023 އަށެވެ. މި ބައްދަލުވުންތަކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ޓޫރިޒަމް ދާއިރާގެ މާހިރުން އެއްތަނަކަށް އެއްވެ، ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ކުރިއެރުވުމާއި، އައު ގޮތްތައް ހޯދުމާއި، އެންމެންނަށް ހަމަހަމަ ފުރުސަތު ދިނުމާއި، ތަފާސްހިސާބުގެ މައްޗަށް ބިނާކޮށް ފަތުރުވެރިކަމުގެ ޑިމާންޑް އިތުރުކުރުމާއި ފަތުރުވެރިންގެ ތަޖުރިބާ ރަނގަޅުކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެވުނެވެ.

މި ބައްދަލުވުންތަކުގައި ދިވެހި ވަފުދު ބައިވެރިވުމަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ވަރަށް މުހިންމު ކަމެއް ކަމުގައި ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

އަދި މިފަދަ ބައްދަލުވުންތަކުން ލިބޭ މަޢުލޫމާތާއި ތަޖުރިބާ ބޭނުންކޮށްގެން ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް މަސައްކަތްކުރާނެ ކަމަށް ބުނެފައިވެއެވެ. މިސަމިޓުގައި ކުރިއަށް އޮތް އަހަރުތަކުގައި ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރުވާނެ ގޮތްތަކާ މެދު މަޝްވަރާކުރެވުނެވެ.

ގުޅުންހުރި ލިޔުންތައް