- Advertisement -spot_img

ރ. އަތޮޅުގެ ދެ ރަށެއްގައި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުތައް ހުޅުވައިފި

ރ. ހުޅުދުއްފާރުގައި އަދި ރަސްމާދޫގައި ސަރުކާރުން ޤާއިމްކޮށްފައިވާ ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮފި ހުޅުވައިދެއްވައިފިއެވެ.

ހުޅުދުއްފާރުގު ގޮފި ހުޅުވައިދެއްވީ މިއަދު ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރުގެ ނާއިބު އަލްއުސްތާޛް ޢަބްދުލްޣަފޫރުއަޙްމަދެވެ. މި ރަސްމިއްޔާތުގައި ހުޅުދުއްފާރު ކައުންސިލްގެ އިސްވެރިން ބައިވެރިވެލައްވާފައިވެއެވެ.

ރަސްމާދޫ ގޮފި ހުޅުވައިދެއްވީ މިއަދު ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރުގެ ނާއިބު އަލްއުސްތާޛް ޢަބްދުލްޣަފޫރުއަޙްމަދާއި ރަސްމާދޫ ކައުންސިލުގެ ނާއިބު ރައީސް އަލްފާޟިލް ޢަބްދުލްޙަމީދު ޙަސަން އެވެ. މި ރަސްމިއްޔާތުގައި ރަސްމާދޫ ކައުންސިލްގެ އިސްވެރިން ބައިވެރިވެލައްވާފައިވެއެވެ.

މިއީ ރާއްޖޭގެ ހުރިހާ ރަށެއްގައި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮފިތައް ޤާއިމުކުރުމަށް ސަރުކާރުން ފަށާފައިވާ ޚާއްސަ މަޝްރޫޢުގެ ދަށުން ހުޅުވުން ގޮތްޕެކެވެ. މީގެ ކުރިން ހއ. ދިއްދޫ، ހއ. އުތީމު، ހއ. އުލިގަން، ޅ. ހިންނަވަރު، ކ. ހުރާ، ކ. ހިންމަފުށި، ތ. ވޭމަންޑޫ، ކ. މާވަށް، ލ. ގަން އަދި ފުވައްމުލައް ސިޓީގައި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮފި ހުޅުވާފައިވެއެވެ.

ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ކީރިތި ޤުރުއާނުގެ ދާއިރާ ފުޅާކޮށް، ހިލޭ ކިޔަވައިދޭ ޤުރުއާން ކުލާސްތައް އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް