- Advertisement -spot_img

ވިލުންވެށި ޕްރޮގްރާމްގެ ހިލޭ އެހީ ކުރިއަށް އޮތްތަނުގައި ކުންފުނިތަކަށް ހުޅުވާލަނީ

ތިމާވެށި ރައްކާތެރިކޮށް އާމްދަނީ ހޯދޭނެ ފުރުސަތުތައް ފަހިކޮށްދިނުމަށް ހިންގާ ވިލުންވެށި ޕްރޮގްރާމްގެ ދަށުން ދޫކުރާ ހިލޭ އެހީ ކުރިއަށް އޮތްތަނުގައި ކުންފުނިތަކަށް ހުޅުވާލަން ނިންމާފައިވާ ކަމަށް މިނިސްޓާ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަޖީ އަލީ ޝަރީފް ވިދާޅުވެއްޖެއެވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މި ޕްރޮގްރާމް ފުޅާކުރުމަށް ނިންމީ އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުންދާތީ ކަމަށެވެ. އެގޮތުން އަންނަ އަހަރުގެ ތެރޭގައި ކުންފުނިތައް ހިމެނޭހެން އެ ފުރުސަތު ހުޅުވާލުމަށް ވަނީ ރޭވިފައެވެ.

މި ޕްރޮގްރާމަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ މާލީ އެހީތެރިކަމާއެކު އެންވަޔަރަންމަންޓް މިނިސްޓްރީއާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ކުރިއަށްގެންދާ ހާއްސަ ހަރަކާތެކެވެ. މިހާރު މި ޕްރޮގްރާމްގެ ދަށުން ވަކިވަކި ފަރުދުންނަށް އެއްލައްކަ ރުފިޔާއާ ހަމައަށް މާލީ އެހީ ފޯރުކޮށްދެއެވެ.

ކުންފުނިތަކަށް މި ޕްރޮގްރާމް ހުޅުވާލާއިރު ހިލޭ އެހީގެ މިންވަރު މަތިވާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އީޖާބީ މަޝްރޫއުތަކަށް ހުޅުވާލަނީ، އެހީތެރިކަމަށް އެދި އިންތިޒާރުކުރާ ގިނަ ސްޓާޓްއަޕްތަކަކަށް މުޖުތަމައަށް ނުކުތުމުގެ ފުރުސަތު ހޯދައިދިނުމުގެ ބޭނުމުގައެވެ.

މިދިޔަ ޖޫން މަހު އިއުލާންކުރި ވިލުންވެށި ގްރާންޓް ޕްރޮގްރާމަށް ލިބުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެއްނޫސް ފަންސާސް ޕްރޮޕޯސަލް އިވަލުއޭޓްކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. އެ މަރުހަލާ ނިމި، ހޮވޭ ފަރާތްތައް އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި އިއުލާންކުރާނެއެވެ.

ގުޅުންހުރި ލިޔުންތައް