އެމެރިކާގެ ނިއުޔޯކުގައި ކުރިއަށްދާ އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި، ދިވެހިރާއްޖެއާއި ވިއެޓްނާމާ ދެމެދު ޒަމާނުއްސުރެ އޮތް އެކުވެރިކަމާއި އެއްބާރުލުން އިތުރަށް ބަދަހިކުރުމުގެ މަގުސަދުގައި މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމްއެވެ. ވިއެޓްނާމްގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ފޮރިން މިނިސްޓަރު ލީ ހޮއެ ޗުންގްއެވެ.
ޚާރިޖީ ވުޒާރާއިން މައުލޫމާތު ދެއްވި ގޮތުގައި، މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ސަރަހައްދީ އަދި ބައިނަލްއަގުވާމީ މައްސަލަތަކުގައި ގަވާއިދުން މަޝްވަރާކުރުމަށް އިންތިޒާމުވެފައިވާ އޮނިގަނޑެއް ލިބިގެންދާނެއެވެ.
މި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ މެދުގައި ގާތް އެއްބާރުލުމާއި ގުޅުން އިތުރުކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވިއެވެ. އަދި ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމަށް ވިއެޓްނާމާއެކު ގާތުން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް މިނިސްޓަރު ދެއްވިއެވެ.



