- Advertisement -spot_img

އެމްޕީއެލްއަށް ބޮޑު އަގުގައި އޭސީ ގަތް މައްސަލައެއްގައި ޖުނައިދަށް ދައުވާކުރަން ފޮނުވަނީ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ކުރީގެ ސީއީއޯ މުޙައްމަދު ޖުނައިދާއި ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ ކުރީގެ ހެޑް ޢަބްދުލްވައްހާބުގެ މައްޗަށް ކޮރަޕްޝަންގެ ދައުވާކޮށްދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވަން ނިންމައިފިއެވެ.

އެމްޕީއެލްއިން ގަވާއިދާ ޚިލާފަށް އަދި މާކެޓު އަގަށްވުރެ ބޮޑު އަގުގައި އޭސީ ޔުނިޓްތަކެއް ގަނެފައިވާ މައްސަލައެއް ބެލުމަށްފަހު، އެ ކުންފުނީގެ ކުރީގެ ވެރިންނަށް ދައުވާކުރުމަށް މިދިޔަ ބުދަ ދުވަހު ނިންމާފައިވާ ކަމަށް އޭސީސީން ހާމަކޮށްފައިވެއެވެ. މި މައްސަލާގައި ދައުވާކޮށްދިނުމަށް އެދިފައިވަނީ އެމްޕީއެލްގެ ކުރީގެ ސީއީއޯ މުޙައްމަދު ޖުނައިދާއި، އެ ކުންފުނީގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ އޭރުގެ ހެޑް އަބްދުލްވައްހާބުގެ މައްޗަށެވެ.

މި މައްސަލައަކީ 2016 ވަނަ އަހަރާއި 2017 ވަނަ އަހަރުގެ ތެރޭގައި އެމްޕީއެލްއަށް އަށާރަ އެއަކޮންޑިޝަން ޔުނިޓް ހޯދުމުގައި ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ޚިޔާނާތުގެ މައްސަލައެކެވެ. އެ ތަކެތި ގަނެފައިވަނީ ދައުލަތުގެ ކުންފުނިތަކުން މުދަލާއި ޚިދުމަތް ހޯދުމުގައި އަމަލުކުރަންޖެހޭ ސްޓްރެޓެޖީއާ ޚިލާށް ކަމަށް އޭސީސީން ބުނެފައިވެއެވެ.

އެ މުދާ ހޯދާފައިވަނީ އާންމުކޮށް އިއުލާންކުރުމެއްނެތި، ބޯޑުގެ ހުއްދައެއް ހޯދުމަކާވެސް ނުލައި ކަމަށް ތަހުގީގަށް ފާހަގަކުރެވިފައިވެއެވެ. އަދި އެ ތަކެތި ގަނެފައިވަނީ އެ މަސައްކަތުގެ ތަޖުރިބާ ލިބިފައިނងާތް އަމިއްލަ ފަރާތަކުން، އެ ދުވަސްވަރުގެ މާކެޓު އަގަށްވުރެ ބޮޑު އަގުތަކެއްގައި ކަމަށްވެސް ކޮމިޝަނުން ވިދާޅުވިއެވެ.

މި މުޢާމަލާތުގެ ސަބަބުން އެ ކުންފުންޏަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން ތަހުގީގަށް އެނގިފައިވެއެވެ. އެގޮތުން އެ ތަކެތި ގަތުމަށް ޖުމްލަ 1,083,998.00  ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އޭސީސީގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ މައްޗަށް ކުރަން ނިންމާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަގوتުގައި ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށުގެ ދައުވާއެވެ. މީގެއިތުރުން، ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެއާ ޚިލާފަށް އަމަލުކުރުމުގެ ކުށުގެ ދައުވާވެސް މި ދައުވާތަކުގެ ތެރޭގައި ހިމެނޭ ކަމަށް ކޮމިޝަނުން މަޢުލޫމާތުދީފައިވެއެވެ.

ގުޅުންހުރި ލިޔުންތައް