spot_img

ޒުވާނުންގެ ނަފްސާނީ އަދި އިޖުތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ހޮޓްލައިނެއް

ދިވެހި ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމާއި، އެކި ކަހަލަ ނަފްސާނީ އަދި އިޖުތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ޒުވާނުންގެ ކައުންސެލިންގ ޚިދުމަތްތަކަށް ޚާއްޞަ ހިލޭ ގުޅޭ ނަންބަރު (ޓޯލް-ފްރީ ލައިން) “1456” ރަސްމީކޮށް ތަޢާރަފުކޮށްފިއެވެ.

މި ޚިދުމަތުގެ މައިގަނޑު މަޤްޞަދަކީ ކޮންމެ ޒުވާނަކަށް ވެސް އެމީހެއްގެ ބޭނުންތަކާއި އެއްގޮތަށް، ފަސޭހަކަމާއެކު އެއް ފުރާޅެއްގެ ދަށުން ކައުންސެލިންގއާއި، ނަފްސާނީ ޞިއްޙަތުގެ އެހީތެރިކަމާއި ދުޅަހެޔޮ ދިރިއުޅުމަކަށް ބޭނުންވާ އިރުޝާދު ފޯރުކޮށްދިނުން ކަމުގައި ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ހޮޓްލައިން މެދުވެރިކޮށް ޒުވާނުންނަށް ލިބިގެންދާނެ މުހިންމު ޚިދުމަތްތަކުގެ ތެރޭގައި ހިމެނެނީ:

ވަކިވަކި ފަރުދުންނަށާއި ޢާއިލާތަކަށް ބޭނުންވާ ކައުންސެލިންގ ޚިދުމަތް

ނަފްސާނީ ޞިއްޙަތުގެ އެހީތެރިކަމާއި އިރުޝާދު

ނަފްސާނީ ކުއްލި އެހީތެރިކަން

ޞިއްޙީ ސްކްރީނިންގ ޚިދުމަތްތައް

ދިރިއުޅުމުގެ ހުނަރުތަކާއި ނަފްސާނީ ހޭލުންތެރިކަން އިތުރުކުރުމުގެ ސެޝަންތައް

ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމާ ގުޅުންހުރި އެހެނިހެން އެހީތެރިކަން

މި ޚިދުމަތް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ލިބެން ހުންނާނެ ކަމަށާއި، އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 2:00 އާ ދެމެދު 1456 އަށް ގުޅައިގެން މި ޚިދުމަތްތައް ހިލޭ ހޯދޭނެ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

spot_img

ގުޅުންހުރި ލިޔުންތައް