- Advertisement -spot_img

އިނގިރޭސި ޕްރިމިއާ ލީގު: ބްރައިޓަން އަތުން އާސެނަލް ލަދުވެތި ގޮތަކަށް ބަލިވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބްރައިޓަން އަތުން 3-0 އިން އާސެނަލް ބަލިވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ 31 ވަނަ މިނެޓްގައި ޕަސްކަލް ގްރޮސް ވަނީ ބްރައިޓަނަށް ލީޑު ނަގައިދީފައެވެ. މިއީ އާސެނަލްގެ އޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުން ގްރޮސް ކާމިޔާބުކުރި ގޯލެކެވެ. އަދި ފުރަތަމަ ހާފްގެ ފަހު ވަގުތު އުފެއްދި ކައުންޓަ އެޓޭކެއްގައި ކޮސްޓުލާސް ވަނީ ބްރައިޓަންގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. ދެވަނަ ހާފްގެ ކުރީކޮޅު ޗެމާ އަންދްރޭސްގެ ގޯލުން ބްރައިޓަނުން ވަނީ ލީޑު ފުޅާކޮށްފައެވެ.

މި މެޗުގައި ގޯލުޖަހާނެ ފުރުސަތުތަކެއް އާސެނަލަށް ވެސް ލިބިގެންދިޔައިރު، އެޓީމުން ފޮނުވާލި ހަމަލާތައް ދިފާއުކުރުމުގައި ބްރައިޓަންގެ ކީޕަރުގެ ހުޝިޔާރުކަން ވަނީ ފެނިގެން ގޮސްފައެވެ.

ލީގުގައި ބްރައިޓަނުން ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުން އެޓީމު ވަނީ މޮޅުވެފަ އެވެ. އެއް މެޗުން އެޓީމު އެއްވަރުވިއިރު، އަނެއް މެޗުން އެޓީމު ވަނީ ބަލިވެފައެވެ.

މިއީ މި ސީޒަނުގައި އާސެނަލް ބަލިވި ފުރަތަމަ މެޗު ކަމަށްވާއިރު، ކުޅުނު ފަސް މެޗުން ލިބުނު 12 ޕޮއިންޓާ އެކު އާސެނަލް އޮތީ ލީގުގެ ދެވަނައިގައެވެ. އެއްވަނައިގައި އާސެނަލަށް ވުރެ އެއް މެޗު މަދުން ކުޅެ، 12 ޕޮއިންޓާއެކު އޮތީ މެންޗެސްޓާ ސިޓީ އެވެ. ލީގުގައި ސިޓީން މިރޭ ސަންޑަލޭންޑާއި ދެކޮޅަށް ނިކުންނާނެ އެވެ. ބްރައިޓަން އޮތީ ފަސް މެޗުން ލިބުނު 10 ޕޮއިންޓާއެކު ލީގުގެ ތިންވަނައިގައެވެ.

ގުޅުންހުރި ލިޔުންތައް