ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް އިބްރާހިމް މާހިރު ޝަރަފުވެރިކަމާއެކު މަޤާމުން ރިޓަޔަރ ކުރައްވައިފިއެވެ.
ފަނޑިޔާރު އިބްރާހިމް މާހިރު ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ 25ވަނަ ދުވަހުއެވެ. އެ މަޤާމަށް އައްޔަން ކުރެއްވިއިރު ހުންނެވީ ފެމިލީ ކޯޓުގެ އިސް ޤާޟީގެ މަޤާމުގައެވެ.
އަލްއުސްތާޛް އިބްރާހިމް މާހިރު ޝަރުޢީ ދާއިރާގައި އެންމެ ގިނަ ދުވަހު ޚިދުމަތް ކުރެއްވީ ފެމިލީ ކޯޓުގައެވެ. އެ ކޯޓުގައި 15 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވިއެވެ.
ފަނޑިޔާރު އިބްރާހިމް މާހިރު ރިޓަޔަރ ކުރެއްވުމަށް ނިންމަވައި ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅުއްވީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައެވެ.
ފަނޑިޔާރު އިބްރާހީމް މާހިރު ހައި ކޯޓުގެ ފަނޑިޔާރުކަމުން ޝަރަފުވެރިކަމާއެކު ރިޓަޔަ ކުރެއްވުމާ ގުޅިގެން އެ ކޯޓުން ވަނީ އޭނާ ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.



