- Advertisement -spot_img

ފުވައްމުލަކު ސިޓީގައި ހޭންޑްބޯލް ކޯޓަކާއި ފުޓްސަލްދަނޑެއް ތަރައްގީކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

ފުވައްމުލަކު ސިޓީގައި ހޭންޑްބޯލް ކޯޓަކާއި، ފުޓްސަލްދަނޑެއް ތަރައްގީކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް އާއި ޕްރޮކްސީ ގްރޫޕް ޕްރައިވެޓް ލިމިޓެޑާ ދެމެދު ސޮއިކޮށްފިއެވެ.

މި ދެ އެއްބަސްވުމުގައި ސޮއިކުރެއްވުން ބާއްވާފައިވަނީ މިއަދު ހެނދުނު މި މިސްޓްރީގައެވެ. މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަލީ ނިޒާރުއެވެ. އަދި ޕްރޮކްސީ ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ޝާހިދުއެވެ.

މި އެއްބަސްވުމުގެ ދަށުން ޕްރޮކްސީއިން ފުވުއްމުލަކުގައި ހޭންޑްބޯލް ކޯޓު ތަރައްގީކޮށް ނިންމަންޖެހެނީ 90 ދުވަހުގެ ތެރޭގައެވެ. މި މަސައްކަތް ކުރުމަށް އެކުންފުންޏަށް ހަވާލުކޮށްފައިވަނީ އެއްމިލިއަން ނުވަލައްކަ ނުވަދިހަ ހަތްހާސް ފަސްސަތޭކަ ނުވަދިހަ ފަސްރުފިޔާ ހަތްދިހަ އެއްލާރިއެވެ.

އަދި އެ ރަށުގައި ފުޓްސަލް ދަނޑު ތަރައްގީކޮށް ނިންމަންޖެހެނީ 90 ދުވަހުގެ ތެރޭގައެވެ. މި މަސައްކަތް ކުރުމަށް އެކުންފުންޏަށް ހަވާލުކޮށްފައިވަނީ ދެމިލިއަން ހަތްދިހަ ނުވަހާސް ތިންސަތޭކަ އަށްޑިހަ ހަތަރު ރުފިޔާ ހަތްދިހަ އެއްލާރިއަށެވެ.

މިހާރުވެސް 15 ރަށެއްގެ ފުޓްސަލް ދަނޑުގެ މަސައްކަތް ކުރިއަށްދާއިރު 3 ރަށެއްގައި ހޭންޑްބޯލް ކޯޓުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ.

ގުޅުންހުރި ލިޔުންތައް