- Advertisement -spot_img

ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ބާއްވާ ”ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުން 2026″ ގައި ބައިވެރިވުމުގެ ފުރުޞަތު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޙަރަކާތްތެރިވާ ދީނީ ދައުވަތުގެ ހަރަކާތްތައް ހިންގާ ޖަމްޢިއްޔާތަކަށް ހުޅުވާލައިފިއެވެ.

މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 26 ސެޕްޓެމްބަރު 2026 ވާ ހޮނިހިރު ދުވަހު، އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.

”21 ވަނަ ޤަރުނުގައި އިސްލާމީ ދަޢުވަތު“ މި ޝިޢާރުގެ ދަށުން ކުރިއަށްގެންދާ މި މަހާސިންތާގެ މައިގަނޑު މަޤްޞަދަކީ، ރާއްޖޭގެ ދީނީ އަދި އިޖުތިމާޢީ ދާއިރާގައި ދީނީ ދައުވަތުގެ ފެތުރުމުގެ މަސައްކަތްކުރާ ޖަމްޢިއްޔާތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، އެ ޖަމްޢިއްޔާތަކުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމެވެ. މީގެއިތުރުން، ޒަމާނާ އެއްގޮތަށް ދަޢުވަތުގެ މައިދާން ފުޅާކުރުމަށް އެހީތެރިވެދިނުމަކީވެސް މި ބައްދަލުވުމުގެ މުހިންމު ބޭނުމެއް ކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދެއްވައެވެ.

މި ބައްދަލުވުމުގައި ބައިވެރިވާން އެދޭ ޖަމްޢިއްޔާތަކަށް ޚާއްޞަ އޮންލައިން ފޯމެއް މެދުވެރިކޮށް ރަޖިސްޓްރީވުމުގެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ. އަދި ބައިވެރިވުމަށް އެދި ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 2026 ސެޕްޓެންބަރު 10 އެވެ.

މި ބައްދަލުވުމަކީ މުޅި ރާއްޖޭގެ ޖަމްޢިއްޔާތައް އެއް މަންސައަކުން ބައްދަލުވެ، ޤައުމުގެ ދީނީ އަދި އިޖުތިމާޢީ ފޭރާން ވަރުގަދަކުރުމަށް މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމަށް ލިބިގެންދާނެ އަގުހުރި ފުރުޞަތެކެވެ.

ގުޅުންހުރި ލިޔުންތައް