ހުކުރު, މާރޗް 14, 2025
spot_img
- Advertisement -spot_img

އިންޑިއާގައި މަޝްހޫރު ސިޔާސީ ލީޑަރަކު ބަޑިޖަހާ މަރާލައިފި

ހޮނިހިރު ދުވަހު ހަތިޔާރު އަޅައިގެން ތިބި ތިން މީހަކު ބާބާ ސިއްދީޤީއަށް ބަޑިން ހަމަލާދީ ވަނީ މަރާލައިފައެވެ. މިމައްސަލައިގެ ތަހްގީގު ވަރަށް ފުޅާ ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެގޮތުން މިއީ ސިޔާސީ ވާދަވެރިކަމުގެ ސަބަބުން ދިން ހަމަލާއެއްތޯ ނުވަތަ މީހަކު ނުވަތަ ބަޔަކު އަޑީގައި ތިބެ އެހެން ބަޔަކަށް ފައިސާ ދީގެން ދިން ހަމަލާއެއްތޯ ވެސް ތަހްގީގުގައި ބަލާނެ ކަމަށް ފުލުހުން ބުނެއެވެ.

އެންޑީޓީވީގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، މި މައްސަލާގައި ހައްޔަރުކުރެވުނު ދެ މީހުން ލޯރެންސް ބިޝްނޯއީ ގޭންގާ ގުޅުން އޮތްކަމަށް އެއްބަސްވެފައިވެއެވެ.

މި މައްސަލައާ ގުޅިގެން ޑެޕިއުޓީ ޗީފް މިނިސްޓަރު ދެވެންދްރާ ފަޑްނަވިސް ލީލާވަތީ ހޮސްޕިޓަލަށް ޒިޔާރަތްކުރެއްވިއެވެ. އެންސީޕީގެ ރައީސް އަދި ޑެޕިއުޓީ ޗީފް މިނިސްޓަރު އަޖިތް ޕަވާރު ވިދާޅުވީ މި ހާދިސާއަކީ ހިތާމަވެރި، ކުށްވެރިކުރަންޖެހޭ އަދި ވޭންދެނިވި ކަމެއް ކަމަށެވެ. ”އޭނާގެ މަރުގެ ޚަބަރު އަޑުއިވުމުން އަހަރެން ހައިރާންވެއްޖައިން،“ ޕަވާރު ވިދާޅުވިއެވެ.

މި މަރުގެ މައްސަލައާ ގުޅިގެން ގިނަ ސިޔާސީ ލީޑަރުން ވަނީ ސްޓޭޓްގެ ގާނޫނާއި އަމަން އަމާންކަމާ މެދު ސުވާލު އުފައްދާފައެވެ.

ގުޅުންހުރި ލިޔުންތައް