ހުކުރު, މާރޗް 14, 2025
spot_img
- Advertisement -spot_img

ޓްރަމްޕްގެ ރެލީއެއްގައި ބަޑި ހިފައިގެން އުޅުނު މީހަކު ހައްޔަރުކޮށްފި

ހައްޔަރުކުރެވުނު މީހާއަކީ ލަސް ވޭގަސްގެ 49 އަހަރުގެ ވެމް މިލަރ ނަމަކަށް ކިޔާ މީހަކުކަމަށް ފުލުހުން ބުނެފައިވެއެވެ. އޭނާ ހައްޔަރުކުރެވުނީ ހޮނިހިރު ދުވަހު ޗެކްޕޮއިންޓެއްގައި ”އެއްވެސް ހާދިސާއެއް ނެތި“ ކަމަށް ފުލުހުން ބުނެފައިވެއެވެ. އޭނާގެ އަތުން ފެނުނީ ވަޒަން ފުރާފައިވާ ޕިސްތޯލައަކާއި، ޝޮޓްގަނަކާއި، އަދި ގިނަ އަދަދަކަށް ވަޒަން ޖެހޭ މެގަޒިނެކެވެ.

މި ހާދިސާއިން ޓްރަމްޕްގެ ސަލާމަތަށް އަދި ރެލީގައި ބައިވެރިވި މީހުންގެ ސަލާމަތަށް އެއްވެސް ނުރައްކަލެއް ކުރިމަތިވެފައި ނުވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ރިވަރސައިޑް ޝެރިފް ޗަޑް ބިއަންކޯ ނޫސްވެރިންނަށް ބުނެފައިވަނީ މިލަރ އަކީ ސަރުކާރާ ދެކޮޅު ހައްދުފަހަނައަޅާފައިވާ ”ސޮވްރިިން ސިޓިޒަން“ މޫވްމަންޓްގެ މެންބަރެއް ކަމަށެވެ. މި ގްރޫޕުން ދެކޭ ގޮތުގައި އެމީހުންގެ ހުއްދައަކާ ނުލައި އެއްވެސް ސަރުކާރަކަށް އެމީހުންގެ މައްޗަށް ބާރެއް ނުފޯރުވޭނެއެވެ.

ރިވަރސައިޑް ޝެރިފް ޗަޑް ބިއަންކޯ ބުނި ގޮތުގައި، މިލަރގެ ކާރުގައި ހަރުކޮށްފައި ހުރި ”އަމިއްލައަށް ހަދާފައިވާ“ ލައިސަންސް ޕްލޭޓްތަކެއް ފުލުހުންނަށް ފާހަގަކުރެވުނެވެ. މިފަދަ ޕްލޭޓްތަކަކީ އާންމުކޮށް ”ސޮވްރިން ސިޓިޒަން“ މޫވްމަންޓާ ގުޅުންހުރި އެއްޗެހިކަމަށް ބިއަންކޯ ބުންޏެވެ. ކާރު ހުއްޓުވުމަށްފަހު ”ކާރުގެ އެތެރެ ވަރަށް ބޮޑަށް ހަލާކުވެފައިވާކަން“ ފުލުހުންނަށް ފާހަގަކުރެވުނު ކަމަށްވެސް އޭނާ ބުންޏެވެ.

ރަޖިސްޓްރީ ނުކުރާ ކަޅު އެސްޔޫވީއެއްގެ ތެރެއިން ޕިސްތޯލައާއި ޝޮޓްގަނުގެ ވަޒަންތައް ފެނުނު ކަމަށް ފުލުހުން ބުނެފައިވާއިރު، އަދި މިލަރގެ އަތުން ގިނަ އަދަދެއްގެ ޕާސްޕޯޓުތަކަކާއި ޑްރައިވިންގ ލައިސަންސްތަކެއްވެސް ފެނިފައިވާ ކަމަށް ބިއަންކޯ ބުންޏެވެ.

މިލަރ ވަނީ ބަޑި ގެންގުޅުމާ ގުޅޭ ދަޢުވާތަކަށް ސްޓޭޓް ކޯޓުގައި ޝަރީޢަތް ފެށުމުގެ ކުރިން ބަންދުން ދޫކޮށްލާފައެވެ. އިތުރު އެއްވެސް ދަޢުވާއެއް ކުރާނަމަ އެކަން ކުރާނީ ފެޑެރަލް އޮތޯރިޓީތަކުން ކަމަށް ބިއަންކޯ ބުނެފައިވެއެވެ.

މި ހާދިސާއިން ޓްރަމްޕްގެ ސަލާމަތަށް އަދި ރެލީގައި ބައިވެރިވި މީހުންގެ ސަލާމަތަށް އެއްވެސް ނުރައްކަލެއް ކުރިމަތިވެފައި ނުވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މީގެ ކުރިންވެސް ޓްރަމްޕްގެ ރެލީތަކުގައި އުޅުއްވަނި ކޮށް އޭނާއަށް ހަމަލާދޭން މަސައްކަތް ކޮށްފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ. މީގެތެރެއިން އެއް ހާދިސާއެއްގައި ޓްރަމްޕްގެ ކަންފަތަށް ވަނީ އަނިޔާވެފައެވެ.

ގުޅުންހުރި ލިޔުންތައް