- Advertisement -spot_img

އިގްތިސާދީ ދަތިކަމާއެކު ވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ހެޔޮވެރިކަމެއްގެ އަލިގަދަ ހެއްކެއް

އިގްތިސާދީ ދަތިތަކާއިއެކު ވެސް، ސަރުކާރުން ރައްޔިތުން ބޭނުންތައް ފުއްދައިދިނުމަކީ، ހެޔޮ ވެރިކަމެއް ކުރަމުން އަންނަ ކަމުގެ އަލިގަދަ ހެއްކެއް ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ، ވެރިރަށް މާލޭގެ ބޮޑު ތަކުރުފާނު މަގުން، ޒަމާނީ ފެންވަރަށް ތަރައްގީ ކުރި ބައި އާއްމުންނަށް ހުޅުވައިލުމާ ގުޅިގެންނެވެ.

ސޯޝަލް މީޑިއާގައި ހުވަދޫ ބަހުން ކުރެއްވި ޕޯސްޓެއްގައި ނައިބު ރައީސް ވިދާޅުވީ، މާލޭ ސިޓީގެ ބޮޑު ތަކުރުފާނު މަގަށް ގެނެސްފައިވާ ތަރައްގީ އަކީ މާލެ ސިޓީއަށް ލަފާ ފުރާ ފަރާތްތަކާއި، މާލޭ ސިޓީގެ ޓްރެފިކަށް ބޮޑު ލުއިތަކެއް ލިބި، މާލޭގެ މަލަމައްޗަށް ތާރީހީ ބަދަލެއް ގެންނާނެ މުހިންމު މަޝްރޫއުއެއް ކަމަށެވެ.

 ބޮޑުތަކުރުފާނު މަގުގެ ތަރައްގީކުރި ބައި އާންމު ދަތުރުފަތުރަށް ހުޅުވާލާފައިވަނީ މިއަދު 4:00 ގައެވެ.

އެ މަގު ތަރައްގީކުރުމުގެ މަސައްކަތް ކުރަމުންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ރޭ ބުނީ މިނިވަން ދުވަހާއި ދިމާކޮށް، ރައްޔިތުންނަށް ލުއިފަސޭހަކޮށް ދިނުމުގެ ގޮތުން، ބޮޑުތަކުރުފާނު މަގުގެ ހެންވޭރު ފެރީ ޓާމިނަލްއިން ފެށިގެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ހަމައަށް 4 ލޭންއަށް ފުޅާކޮށް ތަރައްގީކޮށްފައިވާ ސަރަހައްދު މިއަދު ހަވީރު އާންމުނަނަށް ހުޅުވާލާނެ ކަމަށެވެ.

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ދެން ކުރިއަށްދާނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ސަރަހައްދުން ފެށިގެން ވެސްޓް ޕާކާ ހަމައަށް އޮތް ހަލާކުވެފައިވާ މަގުތައް ހެދުމުގެ މަސައްކަތެވެ.

ގުޅުންހުރި ލިޔުންތައް