- Advertisement -spot_img

މާދަމާއިން ފެށިގެން މިމަހުގެ ނިޔަލަށް، ފޭސް2 އިން ”ވަގުތު ކޮޅަކަށް“ ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

މާދަމާއިން ފެށިގެން މިމަހުގެ ނިޔަލަށް، ހުޅުމާލެ ދެވަނަ ފިޔަވަހިން ކަރަންޓް ހިދުމަތް ”ވަގުތު ކޮޅަކަށް“ ކެނޑިދާނެކަމަށް ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ވިދާޅުވެއްޖެއެވެ.

ސްޓެލްކޯއިން މިހެން ވިދާޅުވީ މިއަދު އެކުންފުނިން ނެރުނު ބަޔާނެއްގައެވެ.

ސްޓެލްކޯއިން ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓުގެ ވިއުގަ ބެލެހެއްޓުން ސްޓެލްކޯއާ ރަސްމީކޮށް ހަވާލުކުރުމާ ގުޅިގެން، އެ ސަރަހައްދުގެ ކަރަންޓުގެ ހިދުމަތުގެ ފެންވަރު މަތިކުރުމަށާއި، ރައްޔިތުންނަށް އިތުބާރުހުރި ދެމެހެއްޓެނިވި ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ކަރަންޓުގެ ވިއުގައިގައި ކުރަންޖެހޭ ޓެކްނިކަލް އަޕްގްރޭޑިން މަސައްކަތްތައް މިމަހުގެ 21 ފެށިގެން 31 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް މިހާރު ތާވަލުކުރެވިފައިވާ ކަމަށާއި މި މަސައްކަތްތައް ކުރިއަށްދާ ވަގުތުތަކުގައި، ހުޅުމާލެ ދެވަނަ ފިޔަވަހީގެ އެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް އެ ކުންފުނިން ނެރުނު ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ސްޓެލްކޯއިން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިގެން ދިމާވެދާނެ ދަތިތަކަށް މައާފަށްވެސް އެދިވަޑައިގެންފައެވެ.

ގުޅުންހުރި ލިޔުންތައް