- Advertisement -spot_img

ވާހަކަ ދެއްކުމުގެ 39 ވަނަ ގައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އަލްއުސްތާޒު އިބްރާހީމް ޝިހާބުގެ ވާދައިގެ ތަށްޓަށް ބާއްވާ ވާހަކަދެއްކުމުގެ 39 ވަނަ ގައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިބަހުގެ އެކެޑަމީން ހުޅުވާލައިފިއެވެ.

ދިވެހިބަހުގެ އެކެޑަމީން ޝާއިއުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މި މުބާރާތް ބޭއްވުމުގެ މަގްސަދަކީ ދިވެހި ބަހަށް ލޯބިޖެއްސުމާއި، ވާހަކަދެއްކުމުގެ ފަންނު ދިވެހި ދަރިންގެ ކިބައިގައި އަށަގެންނެވުން ކަމަށެވެ. އެގޮތުން މި މުބާރަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓް މަހުގެ 11 އިން 30 އަށެވެ. މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ދެ ބަޔަކަށެވެ.

އިސްކޫލްތަކުގެ ބައި:

· ދަށު ސާނަވީ ގިންތި ( ކީ ސްޓޭޖް 3)

· ސާނަވީ ގިންތި ( ކީ ސްޓޭޖް 4)

· މަތީ ސާނަވީ ގިންތި ( ކީ ސްޓޭޖް 5)

އަމިއްލަ ފަރާތްތަކުގެ ބައި:

· 18 އަހަރުން ދަށުގެ އުމުރުފުރާ

· 18 އަހަރުންގެ މަތީގެ އުމުރުފުރާ

ދިވެހި ބަހުގެ އެކަޑަމީން ބުނީ، ބަހުސްކުރުމުގެ ބައި ހާއްސަ ކުރެވިފައިވަނީ 16 އަހަރުންގެ މަތީގެ އުމުރުފުރާތަކަށް ކަމަށެެވެ. މީގެ ތެރޭގައި އޮފީސްތަކާއި، ކުންފުނިތައް، ޖަމިއްޔާ ޖަމާއަތްތައް، ކުލަބުތައް، ޔުނިވަރސިޓީ، ކޮލެޖު އަދި އެކެޑަމީތަކުގެ ޓީމުތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވެއެވެ.

މުބާރާތުގައި ވާހަކަދައްކާނެ މައުލޫތައް އާންމުކުރުމަށް ހަމަޖެހިފައިވަނީ އެ އުމުރުފުރާއެއްގެ މުބާރާތް ފެށުމުގެ މަދުވެގެން ފަސް ދުވަސް ކުރިންނެވެ. މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އޮގަސްޓްމަހުގެ 6 ވަނަ ދުވަހުގެ ކުރިން ، އޮންލައިންކޮށް ފޯމް ހުށަހެޅުމަށް އެކަޑަމީން އެދިފައިވެއެވެ.

މުބާރާތާއި ގުޅޭ އިތުރު މައުލޫމާތު ދިވެހި ބަހުގެ އެކަޑަމީގެ ވެބްސައިޓް އިން ލިބެން ހުންނާނެ ކަމަށާއި، ނުވަތަ އެކަޑަމީގެ ނަންބަރު 7772816 އަށް ގުޅުއްވައިގެންނާއި މެއިލްކޮށްގެންވެސް ލިބޭނެކަމަށް އެކަޑަމީން ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް