އދ. ހަންޏާމީދޫގައި ބަގީއަކާއެކު މޫދަށް ވެއްޓުނު 13 އަހަރުގެ ކުއްޖަކު ނިޔާވެއްޖެއެވެ.
އިއްޔެ ހަވީރު ހިނގި ހާދިސާގައި ނިޔާވީ ހަންޏާމީދު، ޑެއިޒީވިލާ ޢަލީ އަނަސް ބިން މުޙައްމަދު ޢަރީޝްއެވެ. މި ހާދިސާ ހިނގީ ބަގީގައި ތަޅުދަނޑި ޖަހާފައި ހުއްޓާ އެ ކުއްޖާ ބަގީއަށް އަރާ ސްޓާޓްކޮށް ދުއްވާލިތަނާ ރަށުގެ ބަނދަރަށް ވެއްޓިއެވެ.
ކުއްޖާ ވެއްޓުނު ވަގުތު ބަނދަރުގައި އޮތް ދޯންޏެއްގައި ބޯ ޖެހި ފަޅައިގެން ގޮސް އަނިޔާވިއެވެ.
ނިޔާވީ ސިއްޙީ މަރުކަޒަށް ގެންގޮސް ފަރުވާ ދެނިކޮށެވެ.
ފުލުހުންގެ ތަޙުޤީޤަށް ބޭނުންވާ ޓެސްޓްތަައް ހަދާ ސާމްޕަލް ނެގުމަށް ފަހު ކުއްޖާގެ ޖަނާޒާ ރޭ 12 ޖެހިއިރު ވަނީ ބާއްވާފައެވެ.



