ހުޅުމާލެ ފޭސް 2 އަމާން ދޯދި 5ގެ ދެ ވަނަ ފަންގިފިލާއިން 16 އަހަރު ކުއްޖަކު ވެއްޓިއްޖެއެވެ.
ފުލުހުން ބުނީ ވެއްޓިފައިވަނީ ފިރިހެން ކުއްޖެއްކަމަށާއި ވެއްޓިފައިވާ ކަމަށް ރޭ 23:14 އެހައިކަންހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އަދި އެ ކުއްޖާ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލަ ފުލުހުންދަނީ ތަހުގީގުކުރަމުންނެވެ.



