- Advertisement -spot_img

ކަނޑުމަގުން ރާއްޖެ ގެނައި 5،600 ވޭޕް ކާޓްރިޖު ހިފަހައްޓައިފި

ރާއްޖެއަށް ކަނޑުމަގުން އެތެރެކުރަން އުޅުނު 5000 އަށް ވުރެ ގިނަ ވޭޕް ކާޓްރިޖު ހިފަހައްޓައިފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން މިއަދު ބުނީ ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމަންޓެއްގައި ގާނޫނާ ގަވާއިދާ ހިލާފު ތަކެތި ހުރެދާނެކަމަށް ކަސްޓަމްސްއަށް ބެލެވިގެން މިމަހުގެ 17 ވަނަ ދުވަހު، މާލޭ ކޮމާޝަލް ހާބަރުގައި ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދިޔަ ކަމަށެވެ.

މިއޮޕަރޭޝަންގައި ”ޖެނެރަލް ކާގޯ“ގެ ގޮތުގައި ޑިކްލެއާކޮށްފައިވާ ޝިޕްމަންޓެއް ބަލައި ފާސްކޮށް، އެ ޝިޕްމަންޓުގެ ތެރެއިން ގިނަ އަދަދެއްގެ ވޭޕް ފޮރުވާފައި ހުއްޓާ ފެނުނު ކަމަށް ކަސްޓަމްސް އިން ބުންޏެވެ. މިގޮތުން ޖުމުލަ 5،600 ވޭޕް ކާޓްރިޖު ހޯދައި ކަސްޓަމްސްގެ ބެލުމުގެ ދަށަށް މިހާރު އެ ތަކެތި ގެނެސްފައިވާ ކަމަށްވެސް ބުންޏެވެ.

ވޭޕް ކާޓްރިޖު އެތެރެކުރި ކުންފުނީގެ އެއްވެސް މައުލޫމާތެއް ކަސްޓަމްސް އަދި ހާމަކޮށްފައެއް ނުވެއެވެ.

ކަސްޓަމްސް އިން އިތުރަށް ބުނީ މި މައްސަލަ މިހާރު ދަނީ އިތުރަށް ތަހުގީގުކުރަމުން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް