- Advertisement -spot_img

މީދޫ ބައި-އިލެކްޝަންގެ ކާމިޔާބީ ފާހަގަކުރެއްވުމަށް ރައީސްގެ ދެކަނބަލުން އެ ރަށަށް ވަޑައިގަންނަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ދ. މީދޫއަށް ވަޑައިގަންނަވައިފިއެވެ.

ރައީސްގެ ދެކަނބަލުން މީދޫއަށް ވަޑައިގެންނެވުމުން އެ ރަށުގެ ރައްޔިތުން ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވައިފައެވެ.

ރައީސްގެ ދެކަނބަލުން މީދޫއަށް ވަޑައިގެންނެވީ ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް އިއްޔެ ބޭއްވި ބައި-އިލެކްޝަން ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހީމް ކާމިޔާބުކުރެއްވުމާ ގުޅިގެން އެކަމުގެ ކާމިޔާބީ ފާހަގަކުރެއްވުމަށެވެ.

އެގޮތުން މިރޭ އެ ރަށުގައި ބާއްވާ ޕީއެންސީގެ ޖަލްސާގައި ރައީސް ޑރ. މުޢިއްޒާއި މެޑަމް ސާޖިދާ ބައިވެރިވެވަޑައިގަންނަވާނެއެވެ.

ގުޅުންހުރި ލިޔުންތައް