ހޮނިހިރު, މާރޗް 15, 2025
spot_img
- Advertisement -spot_img

ކެނެޑާގެ އާ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފި

ކެނެޑާގެ އާ ބޮޑުވަޒީރު، މާކް ޖޯސެފް ކަރނީ، އަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތަހުނިޔާ ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ކެނެޑާގެ ބޮޑުވަޒީރު ކަރނީގެ ޒަޢާމަތުގައި އެޤައުމުގައި ހަމަޖެހުމާއި ފާގަތިކަން ދެމި އޮންނާނެކަން ޔަޤީން ކުރައްވާކަމުގައި ވިދާޅުވިއެވެ.

އަދި، ކެނެޑާގެ އާ ބޮޑުވަޒީރަށް ކާމިޔާބީއާއި، ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގެން، ކެނެޑާގެ ރައްޔިތުންނަށް އަމަންއަމާންކަމާއި ކުރިއެރުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވެއެވެ.

ގުޅުންހުރި ލިޔުންތައް