- Advertisement -spot_img

ހައްޖުގެ އަޅުކަމަށް ފަހު ދިވެހި ހުރިހާ ހައްޖާޖީން ރާއްޖެ އަތުވެއްޖެ

ހައްޖުގެ އަޅުކަމަށް ފަހު ދިވެހި ހުރިހާ ހައްޖާޖީން ރާއްޖެ އަތުވެއްޖެއެވެ.

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ރާއްޖެއިން މި އަހަރު 1،019 މީހުން ހައްޖަށް ދިޔައެވެ.

ހައްޖުވެރިން ރާއްޖެ އަންނަން ވާއިރަށް ހުޅުމާލެ ހޮސްޕިޓަލުގައި ވަނީ ފްލޫ ކްލިނިކެއް ހުޅުވައިފަ އެވެ. ރޯގާ/ހުމުގެ އެއްވެސް އަލާމާތަކާއި ސިއްހީ އެހީތެރިކަމެއް ބޭނުންވާ ނަމަ އެ ކްލިނިކަށް ޒިޔާރަތްކުރަން އެ ހޮސްޕިޓަލުން ވަނީ އެދިފައެވެ.

މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ދިވެހި ޙައްޖުވެރިން މާލެއިން މައްކާއަށް ފުރާފައިވަނީ މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ސަޢުދީ ޢަރަބިއްޔާގެ އިމިގްރޭޝަންގެ ހުރިހާ މަރުޙަލާއެއް ފުރިހަމަކުރުމަށްފައެވެ.

މައްކާ ރޫޓް އިނިޝިއޭޓިވްގައި ދިވެހިރާއްޖެ ހިމަނައިދިނުމަށް ސައުދީ އަރަބިއްޔާގެ ސަރުކާރުން ނިންމީ 1446 ވަނަ އަހަރުގެ ހައްޖު މޫސުމުގައެވެ. މި އިނިޝިއޭޓިވްގައި އާއްމުކޮށް ހިމަނަނީ ގިނަ އަަދަދެއްގެ މީހުން ހައްޖަށް ފޮނުވާ ގައުމުތަކެވެ.

ގުޅުންހުރި ލިޔުންތައް