- Advertisement -spot_img

މިފްކޯއިން މަސް ގަންނަ އަގު 20ރ. އަށް ބޮޑުކޮށްފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ހުރިހާ ސެންޓަރުތަކަކުން މަސްވެރިންގެ އަތުން މިއަދު މަސް ގަންނަ އަގު 20ރ އަށް ބޮޑުކޮއްފިއެވެ.

މިފްކޯއިން މިއަދު މި ގެނައި ބަދަލާއެކު، މަސް ކިލޯއެއްގެ އަގު ވަނީ ފާއިތުވި ދެ ދުވަހާ އަޅާބަލާއިރު 1.50 ރުފިޔާ މަތިވެފައެވެ. ނިމިދިޔަ އާދީއްތަ ދުވަހާއި ހޯމަ ދުވަހު އެ ކުންފުނިން މަސްވެރިންގެ އަތުން މަސް ގަންނަމުންދިޔައީ ކިލޯއެއް 18.50 ރުފިޔާގެ މަގުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ މަސްވެރިންގެ އަތުން 16 ރުފިޔާއަށްވުރެ ދަށްކޮށް މަސް ނުގަންނާނެކަމަށް ވައުދުވެވަޑައިގެންފައެވެ. އަދި ސަރުކާރުން އަންނަނީ އެ ވައުދާ އެއްގޮތަށް މާކެޓްގެ އަގުތައް ހިފަހައްޓައި، އަމަލުކުރަމުންނެވެ.

މިފްކޯއިން މަސްގަންނަ އަގަށް މި ގެނައި ބަދަލާއިއެކު މި ކަމުގެ ފައިދާ މަސްވެރިންނަށް ކުރާނެއެވެ.

ގުޅުންހުރި ލިޔުންތައް