މިފްކޯއިން ކަޅުބިލަ މަސް ގަންނަ އަގު މަތިކޮށްފިއެވެ.
މިބަދަލާ އެކު މިއަދުން ފެށިގެން މިފްކޯގެ ހުރިހާ ސެންޓަރުތަކުންނާއި ބޯޓުތަކުން މިއަދުން ފެށިގެން ކަޅުބިލަ މަސް ކިލޯއެއް 18.50 ރުފިޔާއަށް ގަންނަން ވަނީ ނިންމާފައެވެ.
މިފްކޯއިން ވަނީ މިދިޔަ އަހަރުވެސް ފަހުކޮޅު 18.50 ރުފިޔާއަށް ކަޅުބިލަ މަސް ގަނެފަވެ. އެކަމަކު އިރާނާއި އެމެރިކާ ހަނގުރާމަ ފެށުމާ ގުޅިގެން ތެލުގެ އަގުބޮޑުވެ، މިފްކޯގެ އޮޕަރޭޝަނަށް ނޭދެވޭ އަސަރުކުރުމާ ގުޅިގެން މަސް ގަންނަ އަގު މިއަހަރުގެ ތެރޭގައި ދަށްކުރިއެވެ. އެ ބަދަލާއެކު އިއްޔެއާ ހަމައަށް ކަޅުބިލަ މަސް ކިލޯއެއް މިފްކޯއިން ގަންނަމުން އައީ 17 ރުފިޔާ އަށެވެ.
މިފްކޯއިން ކަޅުބިލަ މަސް ގަންނަ އަގު ބޮޑުކުރި ނަމަވެސް ކަންނެލި ގަންނަ އަގަށް ބަދަލު ގެނެސްފައެއް ނުވެ އެވެ. އެގޮތުން 10-15 ކިލޯގެ ކަންނެލި ކިލޯއެއް 20 ރުފިޔާއަށް އަދި 15 ކިލޯއިން މަތީގެ ކަންނެލި ކިލޯއެއް ގަންނަނީ 25 ރުފިޔާ އަށެވެ.



