- Advertisement -spot_img

ރައީސް އޮފީހުގެ މިނިސްޓަރު ފެންވަރުގެ މަގާމަކަށް ނާޒިމް އައްޔަންކޮށްފި

ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް، ރައީސް އޮފީހުގެ މިނިސްޓަރު ފެންވަރުގެ އިސް މަގާމަކަށް އައްޔަންކޮށްފިއެވެ.

އޭނަ އައްޔަންކުރީ ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށެވެ. ނާޒިމު އެ މަގާމަށް އޭނާ އައްޔަންކުރީ މި ހަފުތާގެ ތެރޭގައެވެ.

ނާޒިމް ހެލްތު މިނިސްޓަރުކަމުން އިސްތިއުފާ ދެއްވީ ކެބިނެޓަށް ގެންނަން ނިންމި ބަދަލާ ގުޅިގެން އޭޕްރީލް 14 ގައެވެ.

މި ސަރުކާރުގައި ނާޒިމް އެންމެ ފުރަތަމަ އަދާކުރެއްވީ ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީގެ ޕްރިންސިޕަލް ސެކްރެޓަރީގެ މަގާމެވެ. އޭގެ ފަހުން އޭނަ ކެބިނެޓަށް އައްޔަންކުރީ ސެޕްޓެމްބަރު 30، 2024 ގައެވެ.

ގުޅުންހުރި ލިޔުންތައް