- Advertisement -spot_img

ދިވެހި ހުރިހާ ހާޖީން މުޛްދަލިފާއަށް ވާސިލުވެއްޖެ

ދިވެހި ހުރިހާ ހައްޖުވެރިން މުޛްދަލިފާއަށް ވާސިލުވެ، ހުރިހާ ހާޖީންގެ ހާލު ރަނގަޅު ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ، ﷲގެ ހެޔޮ ރަހުމަތްފުޅުން ދިވެހި ހުރިހާ ހައްޖުވެރިން ވެސް ހަރަކާތްތެރިވަމުން ދަނީ ރަނގަޅު ހާލުގައި ކަމަށެވެ. ހައްޖުވެރިން އަރަފާތު ބިމުން ނުކުމެ، މުޛްދަލިފާއަށް ވާސިލުވެފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ.

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވީ، ހޫނު ގަދަ ދުވަސްވަރެއް ނަމަވެސް ހާޖީންގެ ހާލު ޖުމްލަ ގޮތެއްގައި ރަނގަޅު ކަމަށެވެ. ހައްޖުގެ ދުވަސްތަކުގައި މައްކާގެ ހޫނުމިން 45 ޑިގްރީ ސެލްސިއަސްއަށް އަރާނެ ކަމަށް ސައުދީ އަރަބިއްޔާގެ މޫސުމާ ބެހޭ އިދާރާ ވަނީ ލަފާކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް