- Advertisement -spot_img

މަޝްވަރާތަކެއް ކުރިޔަށް ދަނިކޮށް އެމެރިކާ އިން އަނެއްކާ ވެސް އިރާނަށް ވަރުގަދަ ހަމަލާތަކެއް ދީފި

ހަމަލާތައް ހުއްޓާލުމުގެ މަޝްވަރާތަކެއް އެކި ފަހަރު މަތިން ކުރެވިފައި ވަނިކޮށް އެމެރިކާ އިން އަނެއްކާ ވެސް އިރާނަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފިއެވެ.

ދިފާއުގައި ކަމަށް ބުނެ ދޭން ފެށި މި ހަމަލާތައް އަމާޒުކޮށްފައި ވަނީ އިރާނުގެ ދެކުނުގެ ސަރަހައްދުތަކަށެވެ. އެގޮތުން މިސައިލް ސައިޓްތަކަށާއި ބޯޓްތަކަށް ހަމަލާ ދޭނެ ކަމަށް އެމެރިކާ އިން ބުންޏެވެ.

އެ ގައުމުގެ ސެންޓްރަލް ކޮމާންޑުން ނެރުނު ބަޔާނެއްގައި ބުނީ އިރާނަށް ދޭން މި ފެށި ހަމަލާތަކަކީ އެ ގައުމުގެ ސިފައިންނާއި އަމިއްލަ ގައުމުގެ ދިފާއުގައި ދޭން ފެށި ހަމަލާތަކެއް ކަމަށެވެ. ސެންޓްރަލް ކޮމާންޑްގެ ތަރުޖަމާނު ކެޕްޓަން ޓިމް ހޯކިންސް ވިދާޅުވީ ހަމަލާތައް ހުއްޓާލުމުގެ މަޝްވަރާތައް ކުރިއަށް ދިޔަ ނަމަވެސް ދިފާއުގައި ކުރަން ޖެހޭ ކަންކަން ހުއްޓުމެއް ނެތި އެމެރިކާ އިން ކުރިއަށް ގެންދާނެ ކަމަށެވެ.

އެމެރިކާގެ ހަމަލާތަކާ ގުޅިގެން އިރާނުން އަދި ވަކި އެއްޗެއް ނުބުނެއެވެ.

އެކަމަކު އެ ގައުމުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ދާދި ފަހުން ވިދާޅުވީ މަޝްވަރާތަކަށް ކުރިއެރުންތަކެއް ލިބުނު ނަމަވެސް އެ ގައުމު އޮތީ ހަނގުރާމަ އަށް ދޫދޭ ގޮތަކަށް ނޫން ކަމަށެވެ.

އެމެރިކާ އާއި އިޒްރޭލު ގުޅިގެން ފެބްރުއަރީ މަހުގެ ފަހުކޮޅު އިރާނާ ދެކޮޅަށް ފެށި ހަނގުރާމައިގައި އިރާނުން މިހާތަނަށް ވަނީ އެމެރިކާ ހަނދާން ނުނެތޭ ވަރުގެ ބޮޑެތި ހަމަލާތަކެއް ރައްދުގައި ދީފަ އެވެ. މި ހަނގުރާމައިގައި މިހާތަނަށް އިރާންގެ ވަރަށް ގިނަ އިސް ލީޑަރުންތަކެއް އަވަހާރާކޮށްލާފައިވާކަން ފާހަގަކޮށްލެވެ އެެވެ. އޭގެ ތެރޭގައި ރޫހާނީ ލީޑަރު އަލީ ހާމަނައީ ހިމެނިވަޑައިގަނެ އެވެ.

ގުޅުންހުރި ލިޔުންތައް