- Advertisement -spot_img

ދިވެހި ހުރިހާ ޙައްޖުވެރިން މިހާރުތިބީ މިނާގައި

މި އަހަރު ރާއްޖެއިން ހައްޖަށް ދިޔަ ހައްޖުވެރިން މިނާއަށް ހިނގައްޖެއެވެ.

ރާއްޖޭގެ ހައްޖު މިޝަނުން ބުނީ ދިވެހި ހައްޖުވެރިން މިނާއަށް އަންނަން މިހާރު ފަށާފައިވާ ކަމަށާއި ހުރިހާ ޙައްޖުވެރިންގެ ޙާލުވެސް ރަނގަޅު ކަމަށެވެ.

މިއަހަރުވެސް ޙައްޖުގެ އަޅުކަމުގައި ރާއްޖެއިން 1000 ޙައްޖުވެރިން ބައިވެރިވެއެވެ. އެ މީހުން ފުރީ ތިން ބުރެއްގެ މަތީންނެވެ.

ޙައްޖުވެރިން މިނާއިން، ދެން ދާނީ ޙައްޖުގެ އެންމެ މުހިންމު ރުކުން އަދާކުރުމަށް ޢަރަފާތަށް ދިއުމަށެވެ. ޙައްޖުމަހުގެ 9 ވަނަ ދުވަހުގެ މެންދުރުފަހުން ޢަރަފާތުގައި މަޑުކުރުމަކީ ޙައްޖުގެ އެންމެ މުހިންމު ރުކުނެވެ. އެ ބިމަށް އެދުވަހު އިރުއޮއްސުމުގެ ކުރިން ނުދެވޭ މީހުންނަށް ޙައްޖު ނުލިބޭނެ އެވެ.

ޢަރަފާތަށް ދިޔުމަށް ފަހު ޙައްޖުވެރިން މުޒްދަލިފާގައި ރޭކުރާނެ އެވެ. މުޒްދަލިފާގައި ރޭކުރުމަށްފަހު ބޮޑުޖަމްރާއަށް ހިލައުކުން ކުރިއަށްގެންދިޔުމަށްފަހު ދެން އޮންނާނީ ހަދްޔު ކަތިލުމެވެ. އެއަށްފަހު މިނާގައި ރޭކުރުމަށްފަހު، ތިން ޖަމްރާއަށް ހިލައުކުމަށްފަހު ޙައްޖުވެރިން ދެން ދާނީ ޠަވާފުލްއިފާޟާކުރުމާއި ޞަފާ ފަރުބަދައާއި މަރްވާ ފަރުބަދައާދެމެދު ސަޢުޔުކުރުމަށެވެ. ޙައްޖުވެރިންގެ އެންމެ ފަހުކަމެއްގެ ގޮތުގައި ކުރިއަށްގެންދާނީ ވަދާޢުގެ ޠަވާފުކޮށް ޙައްޖުގެ އަޅުކަން އަދާކޮށް ނިންމުމެވެ.

މިއަހަރުގެ ޢަރަފާތް ދުވަހަކީ މާދަމާއެވެ.

ގުޅުންހުރި ލިޔުންތައް