ރާއްޖޭގެ ނުވަ ރަށެއްގައި ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ އައު އިމާރާތްކުރުމުގެ މަސައްކަތް ކުރުމުގެ އެއްބްސްވުމުގައި ސޮއިކޮށްފި އެވެ.
މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާއި ފެނަކަ ކޯޕަރޭޝަން އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންއާ އެވެ.
މި އެއްބަސްވުންތަކުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސިއްހަތާއި ބެހޭ ވަޒީރު އަބުދުﷲ ނާޒިމް ވިދާޅުވީ ކައިރި މުސްތަގުބަލެއްގައި އިތުރު ޞިއްޙީ ޚިދުމަތްދޭ ތަންތަނުގައި ސޮއިކުރެވިގެންދާނެ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާއި އެއްގޮތަށް ޞިއްޙީ ދާއިރާގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމުގެ ޔަޤީންކަން އެމަނކިނުފާނު ވަނީ ދެއްވާފައެވެ.

އެމްޓީސީސީ އާއި ޙަވާލުކުރެވުނު މަސައްކަތްތައް
ނ. ފޮއްދޫ ޞިއްޙީ މަރުކަޒު ޢިމާރާތް ކުރުން. ޕްރޮޖެކްޓުގެ އަގު: 26,878,072.40ރ
ށ. މާއުނގޫދޫ ޞިއްޙީ މަރުކަޒު ޢިމާރާތް ކުރުން. ޕްރޮޖެކްޓުގެ އަގު: 27,219,325.40ރ
ވ. ފެލިދޫ ހޮސްޕިޓަލް ޢިމާރާތް ކުރުން. ޕްރޮޖެކްޓުގެ އަގު: 105,360,655.93ރ
ތ. ވިލުފުށި ހޮސްޕިޓަލް ޢިމާރާތް ކުރުން. ޕްރޮޖެކްޓުގެ އަގު: 105,132,701.20ރ
ރޯޑް ޑިވެލޮމްޕަންޓް ކޯޕަރޭޝަން އާއި ޙަވާލުކުރެވުނު މަސައްކަތްތައް
ކ. ގާފަރު ޞިއްޙީ މަރުކަޒު ޢިމާރާތް ކުރުން. ޕްރޮޖެކްޓުގެ އަގު: 26,819,434.82ރ
ހދ. ކުޅުދުއްފުށީ ސިޓީގައި ޢިމާރާތް ކުރާ ދަމަނަވެށި. ޕްރޮޖެކްޓުގެ އަގު: 23,113,061.08ރ
ހދ. ހަނިމާދޫ ހޮސްޕިޓަލް ޢިމާރާތް ކުރުން. ޕްރޮޖެކްޓުގެ އަގު: 104,834,778.55ރ
އދ. މާމިގިލީ ހޮސްޕިޓަލް ޢިމާރާތް ކުރުން. ޕްރޮޖެކްޓުގެ އަގު: 105,004,634.47ރ
ފެނަކަ ކޯޕަރޭޝަން އާއި ޙަވާލުކުރެވުނު މަސައްކަތްތައް
ހދ. މަކުނުދޫ ޞިއްޙީ މަރުކަޒު ޢިމާރާތް ކުރުން. ޕްރޮޖެކްޓުގެ އަގު: 103,595,304.83ރ
ވަޒީރު އިތުރަށް ވިދާޅުވީ ރަށްރަށުގެ ސިއްޙީ ޚިދުމަތްތައް ފުޅާކުރުމަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ އިމާރާތްތަކުގެ ދަތިކަންކަމަށްވާއިރު، މި މަސައްކަތާއެކު އެކަމަށް ބޮޑު ޙައްލެއް ލިބޭނެކަމަށެވެ.