- Advertisement -spot_img

ވަލެއް އައްސަން ހުޅުމާލެ ފަޅުތެރެއަށް ފޭބި މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފި

ވަލެއް އައްސަން ހުޅުމާލެ ފަޅުތެރެއަށް ފޭބި މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

ފުލުހުން ބުނީ މިއަދުގެ 18:30 ހާއިރު ހުޅުމާލެގެ ސްޓެލްކޯ އާ ދިމާލުން ފަޅުތެރެއަށް ވަލެއް އެއްސުމަށް ފޭބި ދިވެހި ފިރިހެނަކު ގެއްލިގެން ހޯދަމުންދާ ކަމަށެވެ.

އަދި އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދަނީ މެރިން ޕޮލިސް އާއި ކޯސްޓްގާޑް ގުޅިގެން ކަމަށްވެސް ފުލުހުން ބުންޏެވެ.

ނަމަވެސް މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

ގުޅުންހުރި ލިޔުންތައް