- Advertisement -spot_img

މަރުޙޫމް މަހުދީގެ ޖަނާޒާ ރަސްމީ ޢިއްޒަތުގައި ބާއްވައިފި

ހާލު ދެރަވެ ފަރުވާދެމުން ދަނިކޮން ނިޔާވި ސިފައިންގެ ޑައިވަރު، މަރްޙޫމް ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަޙުދީ ރަސްމީ އިއްޒަތުގައި ފަސްދާނުލައިފިއެވެ.

މަހުދީ ނިޔާވީ ގެއްލުނު ފަތުރުވެރިން ހޯދުމަށް ކުރިއަށްދާ ރެސްކިއު އޮޕަރޭޝަނުގައި ހަރަކާތްތެރިވަނިކޮށް ޑީކޯވެ ފަރުވާދެމުންދަނިކޮށެވެ.

މިމަހުގެ 14 ވަނަ ދުވަހު ވ.އަތޮޅު އަލިމަތާ ރިސޯޓު ކައިރީ ސަރަހައްދަށް ޑައިވިންއަށް ދިޔަ އިޓަލީގެ ފަތުރުވެރިންތަކެއްގެ ޚަބަރެއް ނުވެގެން އެކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބުނީ، އެދުވަހުގެ މެންދުރު 13:45 ހާއިރެވެ. މިމަޢުލޫމާތު ލިބުމާއެކު އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް އޭގެ ތެރެއިން އެކަކު ނިޔާވެފައި އޮއްވާ ކަނޑުގެ 60 މީޓަރު އަޑިން ކޭވްއެއްގެ ތެރެއިން އެދުވަހުގެ ވަގުތެއްގައިވަނީ ފެނިފައެވެ.

އެއާއިއެކު އެމްއެންޑީއެފުން ވަނީ، އެސަރަހައްދުގައި ޚާއްސަ އޮޕަރޭޝަނެއް ފަށާފައެވެ. މި “ހައި ރިސްކު” އޮޕަރޭޝަނުގައި 8 ޑައިވަރުން ބައިވެރިވެއެވެ. މިއޮޕަރޭޝަންގައި ބައިވެރިވި ސްޓާފް ސާޖެންޓް، މުޙައްމަދު މަޙުދީ ނިޔާވެފައިވަނީ އޮޕަރޭޝަނުގައި ހަރަކާތްތެރިވަނިކޮށް ޑީކޯވެގެން މާލެ ގެނެސް އޭޑީކޭގައި ފަރުވާދެމުން ދަނިކޮށްނެވެ.

ގުޅުންހުރި ލިޔުންތައް