ވ. އަތޮޅުގައި ޑައިވިންއަށް ގޮސް އުޅެނިކޮށް ގެއްލިފައިވާ އިޓަލީގެ ހަތަރު ޑައިވަރުން ހޯދުމަށް މަސައްކަތް ކުރަމުން ދިޔަ ސިފައިންގެ ޑައިވަރެއްގެ ހާލު ދެރަވެގެން ފަރުވާ ދެނިކޮށް މަރުވެއްޖެއެވެ.
އެނގިފައިވާގޮތުގައި އެ ސިފައިންގެ މީހާ މަރުވީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ.
މި ހާދިސާއާ ގުޅިގެން، އެ ފަތުރުވެރިން ޑައިވިންއަށް ގެންދިޔަ ސަފާރީގެ އޮޕަރޭޓިން ލައިސަންސް ޓޫރިޒަމް މިނިސްޓްރީން މިއދު ވަނީ ސަސްޕެންޑްކޮށްފައެވެ.
ބުރާސްފަތި ދުވަހު ގެއްލުނު ފަސް މީހުންގެ ތެރެއިން މިހާތަނަށް ފެނިފައި ވަނީ އެންމެ މީހެއްގެ ހަށިގަނޑެވެ. އޭނާ ފެނުނީ އިރުއޮއްސި 18:13 ހާއިރު، 60 މީޓަރު އަޑީގައި އޮތް ހޮހަޅައެއްގެ ތެރެއިން މަރުވެފައި އޮއްވައެވެ. ބާކީ ތިބި 4 މީހުން ހޯދުމުގެ މަސައްކަތް ދަނީ ފުޅާދާއިރާއެއްގައި ކުރިއަށެވެ.
އެ ފަތުރުވެރިން ހޯދުމުގައި އެހީތެރިވުމަށް އިޓަލީގެ ފަންނީ މާހިރުންގެ ޓީމެއް ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައެވެ.



